އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް އިތުރަށް ގޯސްވަމުންދާ މި ދަނޑިވަޅުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ފުރާވަޑައިގަތުމަށް ނިންމަވައިފިއެވެ.
މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޓްރަމްޕް ކުރައްވާ މި ދަތުރުފުޅަކީ، ޗައިނާގެ ވެރިރަށް ބެއިޖިންގައި މި މަހުގެ 14 އިން 15 އަށް ކުރިއަށްދާ މުހިންމު ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މެދުއިރުމަތީގެ މަސްރަހު ހޫނުވެ، ހަނގުރާމައާއި ޑިޕްލޮމަސީގެ ކަންކަން ގޯސްވަމުންދާ މި ވަގުތުގައި ޓްރަމްޕްގެ މި ދަތުރުފުޅުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޗައިނާގެ ރައީސް މެދުވެރިކުރައްވައިގެން އީރާނަށް ސިޔާސީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރުވުން ކަމަށް ބައިނަލްއަގުވާމީ ރިޕޯޓުތަކުން ބުނެއެވެ.
ކޮމެންޓު ފޮނުވާ