ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ 28 އިންސައްތަ އިތުރުވެއްޖެ

ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ 28 އިންސައްތަ އިތުރުވެއްޖެ

Author
އަހުމަދު
08 މެއި 2026 10:40
0

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ޖެޓް ފިއުލް ރި-އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ، މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެއްޖެއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް 105.5 މިލިއަން ޑޮލަރުގެ ޖެޓް ފިއުލް ވަނީ ރި-އެކްސްޕޯޓްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި ވިއްކި 82.3 މިލިއަން ޑޮލަރުގެ ޖެޓް ފިއުލްއާ އަޅާބަލާއިރު 28 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ.

ޖެޓް ފިއުލްގެ ވިޔަފާރިން ލިބުނު އާމްދަނީ ރަނގަޅުވި ނަމަވެސް، ރާއްޖޭގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ގިނަ އެއާލައިންތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން، އެއާލައިންތަކުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ނިމިދިޔަ އެޕްރީލް މަހުގެ ތެރޭގައި ޖެޓް ފިއުލް ވިއްކާ އަގު ހެޔޮކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.