ލަންކާގައި ތިބި ސަރުކާރަށް ފާޑުކިޔާ ދިވެހިންނަށް ބިރުދެއްކި މައްސަލަ ބަލަން އަންގައިފި

ލަންކާގައި ތިބި ސަރުކާރަށް ފާޑުކިޔާ ދިވެހިންނަށް ބިރުދެއްކި މައްސަލަ ބަލަން އަންގައިފި

Author
އަހުމަދު
07 މެއި 2026 09:06
0

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ބަލަން ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ސަރުކާރުން އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވިދާޅުވީ، އެ މައްސަލަ ސަރުކާރުން ބަލަމުންދާ ކަމަށާއި، އެކަން ތަޙުޤީޤުކުރުމަށް ހައިކޮމިޝަނަށް މިހާރު އަންގަވާފައިވާނެ ކަމަށެވެ. މުންދު ފާހަގަކުރެއްވި ގޮތުގައި، މިކަމުގެ މަޢުލޫމާތު އޭނާއަށް ލިބިވަޑައިގަތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޙަފްލާގެ ތެރެއިންނެވެ. އަދި މަޢުލޫމާތު ލިބިވަޑައިގަތުމާއެކު ވަގުތުން ހައިކޮމިޝަނަރާ ސުވާލުކުރެއްވި ކަމަށާއި، ނަމަވެސް އެފަދަ ކަމެއް ހިނގާފައިވާކަމަށް ހައިކޮމިޝަނަރު ކަނޑައެޅިގެން އިންކާރުކުރެއްވި ކަމަށް މުންދު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރަށް ފާޑުކިޔާ މީހުން ރައީސްގެ ބައްދަލުވުމަށް ދިޔުމަށް ހުރަސްއެޅުމަކީ އެއްވެސް އިރެއްގައި ރައީސް ނުވަތަ ސަރުކާރުން އަންގައިގެން ކުރާނެ ކަމެއް ނޫންކަމުގެ ފުރިހަމަ ޔަޤީންކަން މުންދު ވަނީ ދެއްވާފައެވެ. އަދި އެފަދަ އެއްވެސް އަމަލެއް ސަރުކާރުގެ ފަރާތުން ހިންގާފައި ނުވާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.