ސަރުކާރުން ދެއްކި ދަރަންޏާއި ބީއެމްއެލްގެ ޑޮލަރު ލިމިޓާ ގުޅުމެއް ނެތް: މުންދު

ސަރުކާރުން ދެއްކި ދަރަންޏާއި ބީއެމްއެލްގެ ޑޮލަރު ލިމިޓާ ގުޅުމެއް ނެތް: މުންދު

Author
އަހުމަދު
07 މެއި 2026 03:08
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ޑޮލަރުގެ މުޢާމަލާތްކުރާ އުސޫލަށް ގެނައި ބަދަލާއި، ސަރުކާރުން ދާދިފަހުން ދެއްކި ބޮޑު ދެ ދަރަންޏާ އެއްވެސް ގުޅުމެއް ނެތްކަމަށް އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ މިދިޔަ އެޕްރީލް މަހުގެ 2 ވަނަ ދުވަހު 524 މިލިއަން ޑޮލަރުގެ ސުކޫކެއްގެ އިތުރުން، އެ މަހުގެ 23 ވަނަ ދުވަހު އިންޑިއާއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާ ދައްކާފައެވެ. މި ބޮޑު ދަރަނި އަދާކުރުމާ ގުޅިގެން ޑޮލަރު ތާށިވެ، ބީއެމްއެލްއިން ކާޑުތަކުގެ ލިމިޓަށް ބަދަލުތަކެއް ގެންނަން މަޖުބޫރުވީކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވަނީ މި ވާހަކަތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ލޯނުތައް ދެއްކުމުގެ ސަބަބުން ދައުލަތުގެ ކޭޝް ފްލޯއަށް އެއްވެސް ލޮޅުމެއް ނުވަތަ ދަތިކަމެއް އައިސްފައި ނުވާކަމަށެވެ. އަދި ސަރުކާރުން ދަރަނި ކްލިއާ ކުރުމާއި ބީއެމްއެލްއިން އެޅި ފިޔަވަޅުތަކާ އެއްވެސް ގުޅުމެއް ނެތްކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

ބީއެމްއެލްއިން ރާއްޖެއިން ބޭރުގައި ކާޑު ބޭނުންކުރާ މިންވަރާއި އޮންލައިންކޮށް ވިޔަފާރިކުރާ މިންވަރު ލިމިޓްކޮށް، ކޮންމެ މީހަކަށްވެސް ޑެއިލީ ލިމިޓެއް ކަނޑައަޅަން ނިންމީ ބޭންކަށް ލިބޭ ޑޮލަރަށްވުރެ ބޭރުކުރަންޖެހޭ މިންވަރު އިތުރުވުމުންނެވެ. އަދި ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި މި ޚިދުމަތް ބޭނުންކުރާތީ، ހުރިހާ ކަސްޓަމަރުންނަށްވެސް ހަމަހަމަކަމާއެކު ބޭރު ފައިސާގެ މުޢާމަލާތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.