ޕީއެންސީގެ ކެމްޕެއިނަށް ފަސްޓް ލޭޑީ މެޑަމް ސާޖިދާ ތިނަދޫ ސިޓީއަށް ވަޑައިގެންފި

ޕީއެންސީގެ ކެމްޕެއިނަށް ފަސްޓް ލޭޑީ މެޑަމް ސާޖިދާ ތިނަދޫ ސިޓީއަށް ވަޑައިގެންފި

Author
ހުސައިން
23 މާރޗް 2026 01:43
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހެނދުނު ތިނަދޫ ސިޓީއަށް ވަޑައިގެންފިއެވެ.

އެކަމަނާ ތިނަދޫއަށް ވަޑައިގަތުމުން، އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ބަނދަރު ސަރަޙައްދަށް ޖަމާވެ، އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ފަސްޓް ލޭޑީގެ މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި އޮންނާނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޓިކެޓުގައި އެ ސިޓީގެ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމެވެ. އެގޮތުން، މިއަދު މެންދުރުފަހު ކުރިއަށްދާ ޑޯ-ޓު-ޑޯ ހަރަކާތްތަކުގައި އެކަމަނާ އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުންވެސް، އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީން ރާވާފައިވާ ކެމްޕެއިންގެ އިތުރު ހަރަކާތްތަކެއް މިއަދު ތިނަދޫގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.