ގޭހުގެ ދަތިކަން ހައްލުވެ، ރޯދަ މަހަށްވެސް ޔަގީންކަން އެސްޓީއޯއިން ދީފި

ގޭހުގެ ދަތިކަން ހައްލުވެ، ރޯދަ މަހަށްވެސް ޔަގީންކަން އެސްޓީއޯއިން ދީފި

Author
ހުސައިން
17 ފެބްރުއަރީ 2026 01:49
0

ދުނިޔޭގެ ބާޒާރަށް އައި ލޮޅުންތަކާ ގުޅިގެން ރާއްޖޭގައި ކައްކާ ގޭސް ލިބުމުގައި ދިމާވި ދަތިތައް އެއްކޮށް ހައްލުކޮށް، މިއަދުން ފެށިގެން އާންމު އުސޫލުން 10 ކިލޯގެ ގޭސް ފުޅި ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފިއެވެ.

އެސްޓީއޯއިން ހާމަކުރި ގޮތުގައި، ސަރަހައްދީ އަދި ދުނިޔޭގެ ބާޒާރުގައި ގޭސް ސަޕްލައި ކުރުމަށް ދިމާވި ހުރަސްތަކާ ހެދި، ފާއިތުވި ދުވަސްތަކުގައި އެ ކުންފުނީގެ ސަބްސިޑަރީ، މޯލްޑިވް ގޭސް މެދުވެރިކޮށް ވިއްކަމުން ގެންދިޔައީ ޑިސްކައުންޓް ރޭޓެއްގައި 7 ކިލޯގެ ފުޅިއެވެ. ނަމަވެސް، އެ ދަތިތައް މިހާރު ފިލައި ގޮސްފައިވާތީ، މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް 10 ކިލޯގެ ފުޅި ކަސްޓަމަރުންނަށް ލިބެން ހުންނާނެއެވެ.

އެ ކުންފުނީގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަހުވެސް ގޭހުގެ އެއްވެސް ދަތިކަމެއް ނުފޯރާނެ ކަމަށާއި، އެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. ރޯދަ މަހަކީ ކެއްކުމާއި ކެއިންބުއިމުގެ ކަންކަން އިތުރުވެ ގޭހުގެ ޑިމާންޑް ބޮޑު މަހަކަށް ވާތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ހުރިހާ މުހިންމު މަސައްކަތެއް މޯލްޑިވް ގޭހުން މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އަދި ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.