ނެޝަނަލް ސާވިސް ޕްރޮގްރާމުގެ ފުރަތަމަ ބެޗުން 344 ދަރިވަރުން ދަސްވެނިވެއްޖެ

ނެޝަނަލް ސާވިސް ޕްރޮގްރާމުގެ ފުރަތަމަ ބެޗުން 344 ދަރިވަރުން ދަސްވެނިވެއްޖެ

Author
އައިޝަތު އަޙްމަދު
28 ޑިސެމްބަރ 2025 11:35
0

ދިވެހި ވަތަނީ ހިދުމަތުގެ ދަށުން ފެށި ފުރަތަމަ ނޭޝަނަލް ސާވިސް އިނީޝަލް ޓްރޭނިންގެ ފުރަތަމަ ބެޗުގެ ތަމްރީން ނިންމައި 344 ދަރިވަރުން ދަސްވެނިވެއްޖެއެވެ. ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ކުރިއަށްގެންދިޔަ މި ޓްރެއިނިންގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނެވެ.

350 ދަރިވަރުންނާއެކު ފެށި މި ޓްރެއިނިންގެ ރަސްމިއްޔާތުގައި ދަރިވަރުންގެ ޝަރަފުގެ ހިނގާލުން ބާއްވާފައިވެއެވެ. މި ޕްރޮގްރާމުގެ މަގްސަދަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ އަދި ޕޮޒިޓިވްކޮށް ވިސްނާ ޒިންމާދާރު ދިވެހި ރައްޔިތެއް ބިނާކުރުމެވެ.

މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ނެޝަނަލް ސާވިސް ޕްރޮގްރާމަކީ ގައުމާއި އިސްލާމްދީން ދެކެ ލޯބިވާ ޒުވާނަކު ބިނާކުރުމަށް ރާވަވާފައިވާ ތާރީހީ މަސައްކަތެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ޒުވާނަކަށް ހިދުމަތާ ގުޅޭ ދުވަހުން ފެށިގެން އެލަވަންސް ދެވޭއިރު، ޕްރޮގްރާމު ހިންގުމަށް އަހަރަކު 400 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.