ފަސްޓްލޭޑީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ފަސްޓްލޭޑީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

Author
އަހުމަދު
10 ޑިސެމްބަރ 2025 12:05
0

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރާއްޖޭގެ ހުރިހާ މަސްވެރިންނަށާއި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ޤައުމީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ފޮނުއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ފަސްޓްލޭޑީ ވިދާޅުވީ، ދިވެހި މަސްވެރިންގެ ހީވާގިކަމާއި ކެރުމާއި ހިތްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކުރާކަމަށެވެ. ރާއްޖޭގެ އިގްތިޞާދުގައި މަސްވެރިކަން އަދާކުރާ މުހިއްމު ރޯލަށް ފަސްޓްލޭޑީ ވަނީ ފާހަގަކުރައްވާފައެވެ.

ކޮންމެ އަހަރަކު ޑިސެމްބަރު 10ވަނަ ދުވަހު ފާހަގަކުރާ މި ދުވަސް މިއަހަރުވެސް ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، މަސްވެރިކަމުގެ ސިނާޢަތް ތަރައްގީކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެއްގޮތަށް މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސަވާފައެވެ.

މީގެ އިތުރުން މަސްވެރިންނާ ކުރިމަތިވާ ގިނަ އުދަގޫތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.