ލަންކާ އަށް ދިވެހިންގެ އެހީ: 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަވާލުކޮށްފި

ލަންކާ އަށް ދިވެހިންގެ އެހީ: 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަވާލުކޮށްފި

Author
އަހުމަދު
05 ޑިސެމްބަރ 2025 09:19
0

ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާ އަށް ލިބުނު ބޮޑު ގެއްލުންތަކަށް އެހީތެރިވުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 834،843 ޑޮލަރު (12 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އެ ގައުމުގެ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ. އެ ފައިސާ ހަވާލުކޮށްދެއްވީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ.

29 ގަޑިއިރަށް ކުރިއަށް ގެންދިޔަ އެ ޓެލެތޯނުގައި ދިވެހި ފުލުހުންނާއި ސިފައިންގެ ފަރާތުން އެކަނި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާކުރި އެވެ. މީގެ އިތުރުން ދިވެހި ސަރުކާރުން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ވެސް ހަދިޔާކޮށްފައިވެ އެވެ. ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނިތަކުން ވެސް ލަންކާ އެމްބަސީ މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާގެ އެހީ ދީފައިވާއިރު، އިތުރު ޕްރޮގްރާމްތައް ދަނީ ކުރިއަށް ދަމުންނެވެ.

ދިވެހިންގެ ފަރާތުން ދެއްކި އެއްބައިވަންތަކަމަށް ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ޝުކުރު އަދާކުރައްވައި، އެއީ ދެ ގައުމުގެ ގާތް ގުޅުމުގެ ވަރުގަދަކަން ދައްކައިދޭ ކަމެއް ކަމަށް ވިދާޅުވިއެވެ. މި ތޫފާނުގައި 400 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ގެއްލި، އެތައް ލައްކަ މީހުން ހާލުގައި ޖެހިފައިވާއިރު، މިއީ 2004 ގެ ސުނާމީގެ ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.