އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމުގެ މަގުގައި ރާއްޖެ ދަނީ ކުރިއަރަމުން: ފަސްޓް ލޭޑީ

އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމުގެ މަގުގައި ރާއްޖެ ދަނީ ކުރިއަރަމުން: ފަސްޓް ލޭޑީ

Author
އަހުމަދު
02 ޑިސެމްބަރ 2025 03:54
0

ޚާއްސަ އެހީއަށް ބޭނުންވާ 30 ފަރާތަކަށް އެޗްޑީސީން ވަޒީފާގެ ފުރުޞަތު ފަހިކޮށްދީ، އެކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، އެކަކުވެސް ބާކީ ނުކޮށް އެންމެން ބައިވެރިވާ މުޖުތަމައެއް ބިނާކުރުމުގެ މަގުގައި މިއަދު ރާއްޖެ ކުރިއަރަމުންދާކަމަށެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި މިއީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވާ ޚާއްސަ އިސްކަމުގެ ނަތީޖާއެވެ. މި ފުރުޞަތުގެ ސަބަބުން އެ ފަރާތްތަކުގެ ދިރިއުޅުމަށް ބޮޑު ހެޔޮ ބަދަލެއް އައިސް، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމުގެ މަގު ފަހިވެގެންދާނެކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ވަޒީފާ ލިބުނު ފަރާތްތަކުގެ ތެރޭގައި އެކި ދާއިރާތަކުން ތައުލީމާއި ހުނަރު ލިބިފައިވާ މީހުން ހިމެނޭކަން ފާހަގަކުރައްވައި، އެޗްޑީސީގެ ހުރިހާ މުވައްޒަފުންވެސް އަލަށް ގުޅުނު މި މުވައްޒަފުންނަށް އުފާވެރިކަމާއި ހިތްވަރު ހޯދައިދިނުމަށް ފަސްޓް ލޭޑީ ގޮވާލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.