ތޫފާން ދިތުވާގެ ހާލުގައި ޖެހިފައިވާ ލަންކާއަށް ވިލާ ގްރޫޕުން އެއް ލައްކަ ޑޮލަރުގެ އެހީއެއް ދީފި

ތޫފާން ދިތުވާގެ ހާލުގައި ޖެހިފައިވާ ލަންކާއަށް ވިލާ ގްރޫޕުން އެއް ލައްކަ ޑޮލަރުގެ އެހީއެއް ދީފި

Author
އަހުމަދު
01 ޑިސެމްބަރ 2025 07:30
0

ސްރީ ލަންކާއަށް އެރި ތޫފާން ދިތުވާގެ ސަބަބުން ލިބެމުންދާ ބޮޑެތި ގެއްލުންތަކާ ގުޅިގެން، ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމްގެ ވިލާ ގްރޫޕުން 100،000 ޑޮލަރުގެ އެހީއެއް އެ ޤައުމަށް ފޯރުކޮށްދީފިއެވެ. މި އެހީ ހަވާލުކޮށްދެއްވީ ވިލާ ރިސޯޓްސްގެ ސީއީއޯ އިބްރާހީމް ސިޔާދު ޤާސިމެވެ.

މި ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައި، 200 އަށް ވުރެ ގިނަ މީހުން މަރުވެ، 20،000 އަށް ވުރެ ގިނަ ގެ ހަލާކުވެފައިވާ އިރު، ވަގުތީ ހިޔާތަކުގައި 108،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

ރާއްޖޭގެ މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯނުން ވެސް 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، އަވައްޓެރި އެހެން ޤައުމުތަކުން ވެސް ލަންކާއަށް އެހީތެރިކަން ފޯރުކޮށްދެމުން އެބަދެއެވެ. މިއީ 2003 ވަނަ އަހަރަށް ފަހު ލަންކާއަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ކާރިސާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.