ލަންކާއަށް ކުރިމަތިވި ގުދުރަތީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ޕީއެސްއެމުން އިސްނަގައިގެން ކުރިއަށް ގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ. މި ފައިސާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
ސޯޅަ ގަޑިއިރަށް ކުރިއަށް ގެންދާ މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލޭގެ 15 ސަރަހައްދެއްގައި ފަންޑު ފޮށި ބަހައްޓައިގެން ފައިސާ ހޯދަމުން އަންނައިރު، މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 37،000 އަށް ވުރެ ގިނަ ޑޮލަރު ވަނީ ލިބިފައެވެ. ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް އަންނަނީ މި ޓެލެތޯނަށް ދީލަތި އެހީ ފޯރުކޮށްދެމުންނެވެ.
ކޮމެންޓު ފޮނުވާ