ސިލޯނާއެކު ދިވެހިން ޓެލެތޯނަށް ބީއެމްއެލްއިން 25،000 ޑޮލަރު ދީފި

ސިލޯނާއެކު ދިވެހިން ޓެލެތޯނަށް ބީއެމްއެލްއިން 25،000 ޑޮލަރު ދީފި

Author
އަހުމަދު
30 ނޮވެމްބަރ 2025 08:05
0

ސްރީލަންކާއަށް އެހީވުމަށް ޕީއެސްއެމުން ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯނަށް ބޭންކް އޮފް މޯލްޑިވްސްއިން 25،000 ޑޮލަރު ހަދިޔާކޮށްފި އެވެ. މި ޗެކް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދާ ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އެވެ.

މި ޓެލެތޯނުގައި ބައިވެރިވެ އެހީވުމުގެ ފުރުސަތު އާންމުންނާއި ޖަމިއްޔާތަކާއި އޮފީސްތަކަށް ވަނީ ހުޅުވާލައިފަ އެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ފަންޑު ފޮށި ބެހެއްޓުމުގެ އިތުރުން ކިއުއާރު ކޯޑް، ޓްރާންސްފަ އަދި ޗެކް މެދުވެރިކޮށް ވެސް ފައިސާ ދެވޭނެ އެވެ. ދިވެހި ރުފިޔާއިން ޖަމާކުރާނީ 7730000796107 އެކައުންޓަށެވެ. ޑޮލަރުން ނަމަ 7730000796106 އެކައުންޓަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.