ލަންކާއަށް އެހީވާން އެންމެ ފުރަތަމަ ނުކުތީ ދިވެހިން: ސަފީރު ރިޒްވީ

ލަންކާއަށް އެހީވާން އެންމެ ފުރަތަމަ ނުކުތީ ދިވެހިން: ސަފީރު ރިޒްވީ

Author
އަހުމަދު
30 ނޮވެމްބަރ 2025 08:00
0

ސްރީލަންކާއަށް ދިމާވި ހިތާމަވެރި ހާދިސާގައި އެންމެ ފުރަތަމަ އެހީގެ އަތެއް ދިއްކޮށްލި ޤައުމަކީ ދިވެހިރާއްޖެ ކަމަށް ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމާއި އެހެނިހެން މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ "ސިލޯނާއެކު ދިވެހިން" ތެލެތޯންގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ ލަންކާއަށް އެހީ ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި ވެސް އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދެނީ ދިވެހިން ކަމަށެވެ. މި ހާދިސާގައި ގެއްލުން ލިބުނު ސަރަހައްދުތަކުން ރައްކާތެރި ތަންތަނަށް މީހުން ބަދަލުކުރުމުގެ މަސައްކަތް މިހާރު ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުން ފާހަގަކުރައްވައި، ގުދުރަތީ ކާރިސާތަކުގައި އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ހަނދާންކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.