ސިލޯނަށް އެހީވާން ދިވެހިން ދީލަތިކަމާއެކު ނުކުމެއްޖެ

ސިލޯނަށް އެހީވާން ދިވެހިން ދީލަތިކަމާއެކު ނުކުމެއްޖެ

Author
އަހުމަދު
30 ނޮވެމްބަރ 2025 01:57
0

ސްރީލަންކާއަށް އެރި ތޫފާން ދިތުވާގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ދިވެހި މީޑިއާތައް ގުޅިގެން ފެށި "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ހީނުކުރާހާ ބޮޑު ތަރުޙީބެއް ލިބެމުން އެބަދެއެވެ. މިއަދު ހެނދުނު 9:00 ގައި ފެށި މި ޓެލެތޯނަށް އެންމެ 4 ގަޑިއިރު ތެރޭގައި 567،290 ރުފިޔާ އާއި 345 ޑޮލަރު ލިބިފައިވާކަމަށް ދައުލަތުގެ މީޑިއާއިން ވަނީ ހާމަކޮށްފައެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށި ބަހައްޓައި، ކިއުއާރު ކޯޑު، ޓްރާންސްފާ އަދި ބޭންކް ޗެކް މެދުވެރިކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ޖަމިއްޔާތަކާއި އޮފީސްތަކަށްވެސް މި ޓެލެތޯނުގައި ބައިވެރިވެވޭނެއެވެ.

ތޫފާނުގެ ސަބަބުން ސްރީލަންކާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 200 އެއްހާ މީހުން މަރުވެ، 3،000 ގެ ހަލާކުވެ، 18،000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.