ޑިޖިޓަލް މާހައުލަކީ އަންހެނުންނަށް ރައްކާތެރި ތަނަކަށް ހަދަން ޖެހޭ: މެޑަމް ސާޖިދާ

ޑިޖިޓަލް މާހައުލަކީ އަންހެނުންނަށް ރައްކާތެރި ތަނަކަށް ހަދަން ޖެހޭ: މެޑަމް ސާޖިދާ

Author
ޙަސަން މުޙައްމަދު
25 ނޮވެމްބަރ 2025 11:00
0

އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ވަނީ އިންޓަނެޓާއި ޑިޖިޓަލް ޕްލެޓްފޯމްތައް އަންހެން ކުދިންނާއި އަންހެނުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ގޮވާލައްވާފައެވެ.

މި އަހަރުގެ ދުވަހުގެ ޝިއާރު ބިނާވެފައިވަނީ ޑިޖިޓަލް މީޑިއާ މެދުވެރިކޮށް އަންހެނުންނަށް ދޭ އަނިޔާ ހުއްޓުވުމުގެ މައްޗަށް ކަމަށްވާތީ، ސާޖިދާ އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ، މިހާރުވެސް ތަފާތުކުރުމާއި ގަނާގެ ޝިކާރައަކަށް އަންހެނުން ވަމުންދާތީ، އެކަމާ މެދު ވިސްނައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އޮންލައިން ޕްލެޓްފޯމްތައް އަންހެނުން ބާރުވެރިކުރުމަށާއި އަންހެނުންގެ އަޑު އުފުލުމަށް ބޭނުންކުރެވިގެންވާ އިރު، އެ ފުރުސަތުތައް ގޯނާކުރުމަށް ބޭނުންކުރުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށާއި، އެންމެން އެކުގައި މަސައްކަތް ކޮށްގެން އަންހެން ކުދިންނާއި އަންހެނުން ޑިޖިޓަލް މާހައުލުގައި ރައްކާތެރިކުރަންޖެހޭ ކަމަށް ފާސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.

ކޮންމެ އަންހެނަކަށް ވެސް ކަރާމާތްތެރިކަމާއެކު، ރައްކާތެރިކަމާއެކު، މިނިވަންކަމާއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަންހެނުންނަށް އަނިޔާ ކުރާ އެކިވައްތަރުގެ ކަންކަމާ ދެކޮޅަށް އަޑު އުފުލުމަށް ކޮންމެ އަހަރަކު ނޮވެމްބަރު 25 ން ޑިސެމްބަރު 10 އަށް ބައިނަލްއަގުވާމީ ފެންވަރުގައި 16 ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.