ފީފާއިން އަތޮޅު ފުޓްބޯޅަ މުބާރާތަށާއި އަންހެން ފުޓްބޯޅައަށް އެހީތެރިވާން ނިންމައިފި

ފީފާއިން އަތޮޅު ފުޓްބޯޅަ މުބާރާތަށާއި އަންހެން ފުޓްބޯޅައަށް އެހީތެރިވާން ނިންމައިފި

ގުޅުންހުރި

ދުނިޔޭގެ ފުޓްބޯލަ ޖަމިއްޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެފްއޭއެމުން ފަށަން ތައްޔާރުވަމުން އަންނަ އަތޮޅު ފުޓްބޯޅަ މުބާރާތަށް 266000 ޑޮލަރު ދޭން ފީފާއިން ނިންމައިފި އެވެ. މި މައުލޫމާތު ހިއްސާކުރެއްވީ އިންފަންޓީނޯ ފުރާވަޑައިގަތުމަށްފަހު ފީފާގެ ވެބްސައިޓުގަ އެވެ.

އަތޮޅުތަކުގެ 49 ޖަމިއްޔާއަކުން ވާދަކުރާ މި މުބާރާތުގައި އަތޮޅު ބުރާއި ޒޯން ބުރު ކުޅެ އަންނަ އަހަރު ދިވެހި ޕްރެމިއާ ލީގަށް ދެ ޓީމް ކޮލިފައިވާނެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި އެފްއޭއެމުން ފަށާ އަންހެން ފުޓްބޯޅަ މުބާރާތަށް ވެސް ފީފާ ފޯވަޑް ޕްރޮޖެކްޓްގެ ދަށުން އެހީތެރިވާނެ ކަމުގެ ޔަގީންކަން ފީފާއިން ދީފައިވެ އެވެ.

އިންފަންޓީނޯ ރާއްޖޭއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ