ވިއްސާރައިގައި 14 ރަށަކަށް ގެއްލުންވެ، ކުޅުދުއްފުށީގެ އެއް ގޭ ހުސްކޮށްފި

ވިއްސާރައިގައި 14 ރަށަކަށް ގެއްލުންވެ، ކުޅުދުއްފުށީގެ އެއް ގޭ ހުސްކޮށްފި

Author
ހުސައިން
20 އޮކްޓޯބަރ 2025 01:04
0

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 14 ރަށަކަށް ގެއްލުންވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މިއަދު ހާމަކުރި ގޮތުގައި ގދ. އަތޮޅުގެ މަޑަވެލި، ހޯނޑެއްދޫ، ނަޑެއްލާ، ރަތަފަންދޫ އަދި ފަރެސްމާތޮޑާއަށް ގެއްލުންވެފައިވެއެވެ. އަދި މ. ދިއްގަރު، މ. މަޑުއްވަރީ، ގއ. މާމެންދޫ، ލ. މާވައް، ހދ. ނޮޅިވަރަންފަރު، ސ. މަރަދޫ، ރ. ފައިނު، ކުޅުދުއްފުށީ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ވެސް ގެއްލުންވެގެން ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މި ރަށްތަކުގެ ތެރެއިން ކުޅުދުއްފުށީގެ އެއް ގެޔަކަށް ގެއްލުން ލިބިގެން އެ ގޭގައި ދިރިއުޅޭ މީހުން އެއް ދުވަހަށް އެހެން ގެޔަކަށް ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ހާމަކުރިއެވެ. ނަމަވެސް އިތުރު އެއްވެސް ރަށެއްގެ ގޭގައި ދިރިއުޅޭ މީހުން ބަދަލުކުރަން ޖެހޭ ހާލަތަކަށް ގޮސްފައި ނުވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ވިއްސާރައިގައި ގެއްލުންވެފައިވާ ރަށްތަކަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ގުޅިގެން މިހާރު ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.