އެފްއޭއެމްއާ އެކު ކްލަބްތަކުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކަށް ފަހު ރެފްރީންގެ ނިންމުންތަކަށް ކޯޗުންނަށް ފާޑުނުކިޔޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.
އެފްއޭއެމުން އެކަން ހާމަކުރީ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް ގްރީންސްޓްރީޓްސް 0-0 އިން އެއްވަރުވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުން ފެށުމުގެ ކުރިންނެވެ. ދެ ކޯޗުންނަށް މުހާތަބުކޮށް އެފްއޭއެމްގެ މީޑިއާ ހެޑް އަބްދުﷲ އަޒްމީން ބުނީ ނޫސްވެރިންގެ ބައްދަލުވުމުގައި ރެފްރީންގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ. ރެފްރީންނަށް ކޯޗުން ފާޑުކިޔުމުން އެ ރެފްރީން ވަޒީފާ އަދާކުރާ އޮފީސްތަކުން ރެފްރީންނަށް ފިޔަވަޅު އަޅާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅޭގޮތުން އެފްއޭއެމް އިން ބުނެފަވަނީ ކްލަބްތަކާ އެކު އެފްއޭއެމުން ސޮއިކޮށްފައިވާ ކޯޑް އޮފް ކޮންޑަކްޓުގެ ދަށުން ރެފްރީންގެ ނިންމުންތަކަށް މީޑިއާގައި ފާޑުނުކިޔެނީ ކަމަށާއި މައްސަލައެއް އޮވެއްޖެ ނަމަ ލިޔުމުން ހުށަހަޅަންވީ ކަމަށެވެ. ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ ރެފްރީންގެ ވާހަކަދައްކައިގެން އޭނާ އަށް "ލިޔުމެއް" އައިސްފައިވާ ކަމަށެވެ.
މިހާރު ކުޅެމުންދާ ދިރާގު ދެވހި ޕްރިމިއަރ ލީގުގައި ސިންގަޕޫރް އާއި މެލޭޝިޔާގެ ރެފްރީން އަންނީ ބޭނުންކުރަމުންނެވެ.
ކޮމެންޓު ފޮނުވާ