ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއުގެ ދަށުން ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި ލިފްޓުތައް ބޭނުންކުރަން ފަށައިފި

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއުގެ ދަށުން ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި ލިފްޓުތައް ބޭނުންކުރަން ފަށައިފި

Author
ހުސެއިން
28 މެއި 2025 01:16
0

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއުގެ ދަށުން ހަރުކުރާ ލިފްޓްތަކުގެ ތެރެއިން ފުރަތަމަ ޓަވަރުގައި ހަރުކުރި ލިފްޓުތައް ބޭނުންކުރަން ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި، އާދިއްތަ ދުވަހު ބޭނުންކުރަން ފެށީ ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި ލިފްޓުތަކެވެ. މީގެ އިތުރުން އެހެން ޓަވަރުތަކުގައި ވެސް ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިމުމާ ގާތްވެފައިވާ ކަމަށް އެޗްޑީސީއިން ހާމަކޮށްފައިވީ ނަމަވެސް، ޓެސްޓުކޮށް ނިމުމަށްފަހު އެ ލިފްޓުތައް ބޭނުންކުރެވޭނެ ތާރީހެއް ކަނޑައެޅިފައެއް ނުވެއެވެ.

ހިޔާ ފްލެޓުތަކުގައި ހަރުކުރާ ލިފްޓުތަކުގެ ތެރޭގައި ސްޓެރަޗަރު އުފުލޭ ފަދަ ބޮޑު ލިފްޓަކާއި އާންމު މީހުން އުފުލާ ލިފްޓެއް ހިމެނެއެވެ. ޖުމްލަ 16 ޓަވަރުގައި 32 ލިފްޓު ހަރުކުރުމުގެ މަސައްކަތް ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކުރީ 2024 ފެބްރުއަރީ 12 ގައެވެ.

މަސައްކަތް ނިންމުމަށް ފުރަތަމަ ކަނޑައެޅި ތާރީހަކީ 2025 ޖެނުއަރީ 30 ކަމުގައި ވީނަމަވެސް، އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ތާރީހު ބަދަލުކޮށް އޭޕްރިލް 15 އަށް ލަސްކުރިއެވެ. އެ ތާރީހުގައި ވެސް މަސައްކަތް ނުނިމުމުން، އެޗްޑީސީއިން ނޮވެމްބަރު ނިޔަލަށް ލިފްޓުތައް ބަހައްޓައި ނިންމާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.