ޢީދުހަވީރު 1446 ގެ ހަރަކާތްތައް މާރިޗު 31 އަދި އޭޕްރީލް 1 ވަނަ ދުވަހުވެސް ކުރިޔަށްގެންދަނީ

ޢީދުހަވީރު 1446 ގެ ހަރަކާތްތައް މާރިޗު 31 އަދި އޭޕްރީލް 1 ވަނަ ދުވަހުވެސް ކުރިޔަށްގެންދަނީ

ގުޅުންހުރި

ޢީދުހަވީރު 1446 ގެ ހަރަކާތްތައް މާރިޗު 31 އަދި އޭޕްރީލް 1 ވަނަ ދުވަހުވެސް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެހަވީރު އިންތިޒާމުކުރި ޤައުމީ ދިފާޢީ ބާރުން ބުނެފިއެވެ. އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފިޠުރު ޢީދަށް އިންތިޒާމުކުރި މި ހަވީރަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާތީ، ހޯމަ އަދި އަންގާރަ ދުވަހުވެސް ހަވީރު 4 އިން 6 އަށް ޖުމްހޫރީ މައިދާން ސަރަހައްދުގައި އެ ހަރަކާތްތައް ކުރިއަށްގެންދާނެކަމަށެވެ.

މި ހަވީރުގެ ހަރަކާތްތައް ބޭއްވުނީ ސަލްޓަން ޕާކް، ޝަހީދުންގެ ބިނާ ސަރަހައްދު، އަދި ޖުމްހޫރީ މައިދާނުގައެވެ. ސިފައިންގެ އެކި ދާއިރާތަކުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ހަރަކާތްތައް ޚާއްޞަކުރެވިފައިވަނީ ކުޑަކުދީންނަށެވެ. މި ހަރަކާތްތަކުގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑު އަދި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އުޅަނދުފަހަރަށް އެރުމާއި ފޮޓޯ ނެގުމުގެ ފުރުޞަތާއި، ކޯސްޓްގާޑުގެ ކުދި ރިބްސްތަކަށް އަރައި ދުއްވާލުމުގެ ހަރަކާތްތައް ހިމެނުނެވެ. އަދި މާލެ އޭރިއާ ކޮމާންޑުން އިންތިޒާމުކޮށްފައިވާ އޮބްސްޓިކަލް ބެލްޓުގެ ހަރަކާތްތަކާއި ރެޕެލިންގ ޓަވަރަށް އަރައި ފޭބުމުގެ ފުރުޞަތުވެސް ކުދީންނަށް ލިބިގެންދިޔައެވެ.

މީގެއިތުރުން އެމްއެންޑީއެފް މެރިންކޯރ އަދި އޯޑްނަންސް ސަރވިސްގައި ބޭނުންކުރާ ހަނގުރާމަމަތީ ބައެއް އާލާތްތަކާއި، އުޅަނދުތަކާއި، ހަތިޔާރުތައް ޑިސްޕްލޭކޮށްފައިވުމާއެކު، ކުޑަކުދީންނަށް މި ތަކެއްޗާއި، މަޤްބޫލު ގިލީ ސޫޓު އަޅާފައިވާ ސިފައިންނާއި ސްނައިޕަރުންނާއެކު ފޮޓޯ ނެގުމުގެ ފުރުޞަތުވެސް ފަހިކޮށްދީފައިވެއެވެ.

ހަމައެހެންމެ، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ސައިލެންޓް ޑްރިލްގެ ހަރަކާތްތަކާއި ސަޤާފީ ހަރަކާތްތައް ހުށަހަޅައިދިނެވެ. އަދި އެމްއެންޑީއެފް މެޑިކަލް ކޯރއިން ޞިއްޙީ އަވަސް ފަރުވާ ދިނުމުގެ ހަރަކާތްތަކާއި، ތުއްތުކުދީންނަށް ދިމާވާ އެކިއެކި ޞިއްޙީ މައްސަލަތައް ހައްލުކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ހަރަކާތްތައްވެސް ބޭއްވިއެވެ.

ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ބޭއްވުނު "ޢީދުހަވީރު 1446″ ގެ ހަރަކާތްތައް އިންތިޒާމުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ސަރވިސް ކޯރއިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ