ހަގީގީ ލޯބި އޮންނާނީ އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރި ވެގެން ކަމުގައި މިއަދު ޢީދު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަޖަރިގެ ފިތުރު ޢީދުގެ ޚުޠުބާގައި ވިދާޅުވީ ހަގީގީ ލޯބި ދެމި އޮންނާނީ ބާރުގަދަ މީހާ ނިކަމެތި މީހާގެ އަތުގައި ހިފައިގެން ކަމަށާއި، އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިދީގެން ކަމަށެވެ. އަދި ޢީދު ރަމްޒު ކޮށްދެވީ މި އިންސާނީ ޝިއާރުތައް ކަމުގައިވެސް މިއަދުގެ ޢީދު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
މުސްލިމް އަޚުންނޭވެ! މިއަދަކީ ޢީދު ދުވަހެވެ. ޢިދު ދުވަހު އަހަރެމެންގެ އިންސާނިއްޔަތުކަން ފާޅުވާން ޖެހޭނެއެވެ. މިއަދު އަހަރެމެން އީދުގެ އުފާ ފާޅުކުރަމުންދާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚުތުންގެ މަތީން އަހަރެމެން ހަނދާންކުރާން ޖެހެއެވެ. އެމީހުންގެ ކެކުޅުންތަކުގައި ބައިވެރިވެމ އެކެކުޅުންތަކުން އެމީހުން ސަލާމަތް ކޮށްދެއްވުން އެދި ހެޔޮ ދުއާކުރާން ޖެހެއެވެ.
މިއަދުގެ ޢީދު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ ދޭދޭ ފަރުދުންގެ މެދުގައިވެސް އެއްވެސްކަހަލަ އަރައިރުމެއް ދެކޮޅުވެރިކަމެއް އޮތްނަމަ އެކަން ނައްތާލަންވީ ކަމުގައެވެ. އަދި އިސްލާމް ދީން ގޮވާލަނީ އެންމެހާ މުސްލިމުންނަކީވެސް އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާ ބަޔަކަށް ވުމަށް ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ ރަޟާން މަސް ވަކިވެގެން ދިޔައީ ކަމަށާއި، އެމަސް ވަކިވެގެން ދިޔައީ އެންމެހާ މުސްލިމުންގެ މައްޗަށް ހެކިދޭ ހެކިވެރިއެއްގެ ގޮތުގައި ކަމުގައެވެ.