ރާއްޖެއަށް މާދަމާއަކީ އީދު ދުވަސްކަމަށް އިއުލާން ކޮށްފި

ރާއްޖެއަށް މާދަމާއަކީ އީދު ދުވަސްކަމަށް އިއުލާން ކޮށްފި

Author
ހުސައިން
29 މާރޗް 2025 08:28
0

މާއްދަމާއަކީ ރާއްޖެއަށް މިއަހަރުގެ ފިތުރު ޢީދު ދުވަސްކަން އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ޝައްވާލު މަހުގެ ހަނދާ ބެހޭ ބަޔާން އިއްވަމުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދެންމެ ބުނީ އެއްވެސް ރަށަކަށް ހަނދު ފެނިފައި ނުވި ކަމުގައިވިޔަސް، އިސްލާމީ ބައެއް ޤައުމުތަކަށް ހަނދު ސާބިތު ވެފައިވާކަމަށާއި، ރަސްމީ ގޮތުން ހަނދު ފެނިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާތީ މާދަމާއަކީ ޢީދު ކަމުގައި ކަނޑައަޅައިފި ކަމަށެވެ.

ހަނދާ ބެހޭ ގޮތުން އިއްވެވި ބަޔާނުގައި އިސްލާމިކް މިނިސްޓަރ ވިދާޅުވީ 1446 ވަނައަހަރުގެ ރަމަޟާން މަހަކީ 29 ރޯދަމަހެއް ކަމަށާއި، މާދަމާއަކީ މިއަހަރު ފިތުރު އީދު ދުވަސްކަމުގައެވެ. ރާއްޖެއަށް ހަނދު ފެނިފައިވާއިރު، ސައުދީ އަރަބިއްޔާއަށްވެސް ވަނީ ހަނދުފެނިފައެވެ. ހަރަމައިން ޝަރިފައިން އިން ބުނީ، ޝައްވާލު މަހުގެ ހަނދު ސައުދީ އަށް ފެނިފައިވާތީ މާދަމާ އަކީ ފިތުރު އީދު ދުވަހުގެ ފުރަތަމަ ދުވަސް ކަން އިއުލާނު ކުރާ ކަމަށެެވެ.

އިސްލާމިކް މިނިސްޓަރވަނީ ބަރަކާތްތެރި ފިޠުރު ޢިދުގެ ތަހްނިޔާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި އެންމެހާ ރައްޔިތުންނަށާއި އިސްލާމީ އުއްމަތަށް ތަހްނިޔާ ފޮނުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.