ސަޢޫދީ އަރަބިއްޔާއަށް މާދަމާ ޢީދު ކަމުގައި އިޢުލާނުކޮށްފިއެވެ.
ހަރަމައިން އިންފޯއިން ދެންމެ ރިޕޯޓްކޮށްފައިވާގޮތުގައި ހަނދު ކޮމިޓީއަށް ސައްވާލު މަހުގެ ހަނދު ވަނީ ފެނިފައެވެ. އެހެންކަމުން މާދަމައަކީ ޢީދު ކަމުގައި ވަނީ ނިންމާފައެވެ.
މާއްދަމާއަކީ ރާއްޖެއަށްވެސް މިއަހަރުގެ ފިތުރު ޢީދު ދުވަސްކަން އިސްލާމިކް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.
ޝައްވާލު މަހުގެ ހަނދާ ބެހޭ ބަޔާން އިއްވަމުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދެންމެ ބުނީ އެއްވެސް ރަށަކަށް ހަނދު ފެނިފައި ނުވި ކަމުގައިވިޔަސް، އިސްލާމީ ބައެއް ޤައުމުތަކަށް ހަނދު ސާބިތު ވެފައިވާކަމަށާއި، ރަސްމީ ގޮތުން ހަނދު ފެނިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާތީ މާދަމާއަކީ ޢީދު ކަމުގައި ކަނޑައަޅައިފި ކަމަށެވެ.
ހަނދާ ބެހޭ ގޮތުން އިއްވެވި ބަޔާނުގައި އިސްލާމިކް މިނިސްޓަރ ވިދާޅުވީ 1446 ވަނައަހަރުގެ ރަމަޟާން މަހަކީ 29 ރޯދަމަހެއް ކަމަށާއި، މާދަމާއަކީ މިއަހަރު ފިތުރު އީދު ދުވަސްކަމުގައެވެ.
ހަނދު ފެނި، ސައުދީ އަރަބިއްޔާއަށް މާދަމާއަކީ އީދުކަން އިއުލާން ކުރަމުން ހަރަމައިން ޝަރިފައިން އިން ބުނީ، ޝައްވާލު މަހުގެ ހަނދު ސައުދީ އަށް ފެނިފައިވާތީ މާދަމާ އަކީ ފިތުރު އީދު ދުވަހުގެ ފުރަތަމަ ދުވަސް ކަން އިއުލާނު ކުރާ ކަމަށެެވެ.
ރާއްޖޭގެ އިސްލާމިކް މިނިސްޓަރވަނީ ބަރަކާތްތެރި ފިޠުރު ޢިދުގެ ތަހްނިޔާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި އެންމެހާ ރައްޔިތުންނަށާއި އިސްލާމީ އުއްމަތަށް ތަހްނިޔާ ފޮނުއްވާފައެވެ.