ފިޠުރު އީދު ނަމާދު މިއަހަރު މާލޭގައި 4 ސަރަޙައްދެއްގައި ބޮޑު ޖަމާއަތުގައި ކުރާނެ

ފިޠުރު އީދު ނަމާދު މިއަހަރު މާލޭގައި 4 ސަރަޙައްދެއްގައި ބޮޑު ޖަމާއަތުގައި ކުރާނެ

ގުޅުންހުރި

މިއަހަރުގެ ފިޠުރު އީދު ނަމާދު މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިކަން އާންމުކުރި ގޮތުގައި މިއަހަރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމް، ވިލިމާލޭ ބޯޅަދަނޑު، ހުޅުމާލެ ސިންތަޓިކް ޓްރެކް އަދި ހުޅުމާލެ ކުރިކެޓް ސްޓޭޑިއަމްގައެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުގެ ޖުމްލަ 27 ތަނެއްގައި އީދު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި މާލޭ، ވިލިމާލެ އަދި ހުޅުމާލޭގެ އެކި މިސްކިތްތައް ހިމެނެއެވެ.

އެހެންނަމަވެސް، ވިއްސާރަވެއްޖެނަމަ މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ ބޮޑު ޖަމާއަތް ކެންސަލްވާނެކަމަށާއި، އެފަދަ ހާލަތެއްގައި އީދު ނަމާދު ކުރެވޭނީ މާލެ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ކަމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ކުރީގައި އީދު ނަމާދު ކުރަމުން އައީ ހެނދުނު 7:30 ގައި ނަމަވެސް، މިދިޔަ އަހަރުގެ ފިތުރު އީދުން ފެށިގެން ނަމާދުކުރަން ފަށާ ވަގުތު ހެނދުނު 7:00 އަށް ވަނީ ބަދަލުކޮށްފައެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިޠުރު އީދު ދުވަހަކީ މިމަހުގެ 31 ވަނަ ދުވަހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ