ފްލެޓަކީ ޔާމީންގެ ވެރިކަމުގައި ގަނެފައިވާ ތަނެއް، އަބުރަށް އަރައިގަތުމަށް ދޮގު ވާހަކަ ނުފެތުރުން އެދެން: ފަހުމީ

ފްލެޓަކީ ޔާމީންގެ ވެރިކަމުގައި ގަނެފައިވާ ތަނެއް، އަބުރަށް އަރައިގަތުމަށް ދޮގު ވާހަކަ ނުފެތުރުން އެދެން: ފަހުމީ

ގުޅުންހުރި

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ، އެ މަޤާމާ ހަވާލުވުމަށްފަހު 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަނެފައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ، މިފަދަ ވާހަކަތައް ނުފެތުރުމަށް ގޮވާލައްވައިފިއެވެ.

ފަހުމީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ވާހަކަތަކަކީ އަބުރަށް އަރައިގަނެ، ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ދައްކާ ހަޤީޤަތާ ޚިލާފު، އަސާސެއްނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

"މި ދޮގު ވާހަކަ ފަތުރާ ފަރާތްތަކުން އިޝާރާތްކުރާ ފްލެޓަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު ގަނެ، ފައިސާ ދައްކަމުން އައިސްފައިވާ ފްލެޓެއް،" ފަހުމީ ވިދާޅުވިއެވެ.

ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާފަދަ، މިފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަށް ފަހުމީ ގޮވާލައްވާފައިވެއެވެ.

ފަހުމީ އިތުރަށް ވިދާޅުވެފައިވަނީ "އެހެންނަމަވެސް، ސިޔާސީ ގޮތުންނާއި އަދި އެނޫން ގޮތަކުން ވިޔަސް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ އަޅުގަނޑު ކުރަމުންދާ ޤައުމީ މަސައްކަތާ ގުޅުވައިގެން ދެކެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް އިޙްތިރާމްކޮށް، މަރުޙަބާ ކިޔާނެ" ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ