ފިތުރު އީދާ ދިމާކޮށް ރާއްޖޭގެ 65 ރަށެއް ދިއްލައިލެވޭނެ

ފިތުރު އީދާ ދިމާކޮށް ރާއްޖޭގެ 65 ރަށެއް ދިއްލައިލެވޭނެ

ގުޅުންހުރި

ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ފިތުރު އީދާ ދިމާކޮށް އަންނަ ހޮނިހިރު ދުވަހުގެ ރޭ މުޅި ރާއްޖެ ދިއްލާލެވޭނެއެވެ.

މި މަހުގެ 29 ވަނަ ދުވަހުގެ ރޭ އީދު ލައިޓްތައް ދިއްލައި، މާލޭގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، "އީދަށް ދިއްލުމުގެ ހަރަކާތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު ފެއްޓެވި ހަރަކާތެއް. މުޅި ރާއްޖެ ދިއްލުމުގެ ހަރަކާތް ފެށުނީ އެ މަނިކުފާނުގެ ވެރިކަމުގެ ޒަޢާމަތުގައި މިދިޔަ އަހަރު" ކަމަށެވެ.

ސްޓޭޓް މިނިސްޓަރު އަޙްމަދު ރަޝީދުގެ މަޢުލޫމާތުން، މިދިޔަ އަހަރު ދިއްލި ރަށްތަކާއި ސިޓީތަކުގެ އިތުރުން މި އަހަރު އިތުރު 36 ރަށަކަށް އީދު ލައިޓްތައް ފޮނުވުމަށް ހަމަޖެހިފައިވުމާއެކު، މި އަހަރު ޖުމްލަ 65 ރަށެއްގައި "އީދު އަލި" ދިއްލާލެވޭނެއެވެ. އަލަށް ދިއްލޭ ރަށްތަކަށް ބޭނުންވާ ލައިޓްތަކާއި ސްޕީކަރުތައް މި މަހުގެ 24 ވަނަ ދުވަހު ރަށްރަށަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތުގައި ސްޓެލްކޯއާއި، ސަރުކާރުގެ އެހެނިހެން ކުންފުނިތަކާއި، އެޗްޑީސީ އަދި މާލޭ ސިޓީ ކައުންސިލް ބައިވެރިވެލައްވާނެ ކަމަށް ވެއެވެ.

"އީދު އަލި" ދިއްލުމުގެ މައި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށާއި، މި ޚާއްސަ އިވެންޓުގައި ރައީސް މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ