މިހާތަނަށް މާލޭ ސަރަހައްދުގެ 15،000 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށްފި

މިހާތަނަށް މާލޭ ސަރަހައްދުގެ 15،000 ގޭބިސީއަކަށް މަސްދަޅު ކޭސް ދޫކޮށްފި

Author
ހުސައިން
24 ފެބްރުއަރީ 2025 02:26
0

މާލެ ސަރަހައްދުގައި ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި ގޮތުގައި މިހާތަނަށް 15،000 ގޭބިސީއަކަށް މަސްދަޅު ކޭސް ވަނީ ދޫކުރެވިފައެވެ.

މިނިސްޓަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިހާރު ހަމަޖައްސާފައިވާ އިންތިޒާމުތަކާއެކު މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ދަނީ ވަރަށް ފަސޭހަކަމާއެކު ކުރިއަށް ކަމަށެވެ. އަދި ޚާއްޞަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރު ފަސޭހަތަކެއް ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ރޯދަ މަހުގެ ކުރިން އޮތް ދުވަސްތަކުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަކޮށް ދިނުމަށް ސަމާލުކަން ދީގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ލިބެންދެން މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ދެމުންދަނީ 180 ގްރާމްގެ 48 ތެޔޮ މަސްދަޅު ހިމެނޭ ކޭހެކެވެ. މިހާރު ވަނީ މަސްދަޅު ކޭސް ދޫކުރުމަށް އިތުރު ސަރަހައްދުތަކަކާއި ޓޯކަން ދޫކުރާނެ ތަންތަން ހަމަޖައްސާފައެވެ. އަދި ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.