މާލޭގެ މަގުތަކުން ގަސް ކަނޑަނީ ސިޓީ ކައުންސިލުން ނޫން: މޭޔަރު

މާލޭގެ މަގުތަކުން ގަސް ކަނޑަނީ ސިޓީ ކައުންސިލުން ނޫން: މޭޔަރު

ގުޅުންހުރި

މާލޭގެ މަގުތަކުން ގަސް ކަނޑަމުންދާ މައްސަލައާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވަނީ އެކަމަކީ ކައުންސިލުން ކުރަމުންދާ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. "އަންބަލަން" ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި މި ވާހަކަ ދެއްކެވީ މައްޗަންގޮޅި ސަހަރާ ކައިރީގައި ހުރި ޕީޓްރަލް ޕާކުގެ ކަންމަތީގައި ހުރި ބޮޑު ނިކަގަހެއް ކެނޑާލުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މޭޔަރަށް ފާޑުކިޔަމުން ދިޔުމާ ގުޅިގެންނެވެ.

މޭޔަރުގެ ވާހަކަފުޅުގައި، ގަސްތަކުގެ ގޮފިތައް ކެނޑުމާއި ގަސް ކޮށުމަކީ ކައުންސިލުގެ ޒިންމާއެއް ނަމަވެސް، ގަސް އުފުރާލުމާއި ގަސް ކެނޑުމަކީ ކައުންސިލުން ބޭނުންވާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ގިނަ ފަހަރަށް ރައްޔިތުން ކައުންސިލަށް ޝަކުވާ ހުށަހަޅަނީ މަގުމަތީގައި ހުންނަ ގަސްތަކުގެ ގޮފިތަކުން ދިމާވާ އުނދަގޫތަކާ ގުޅިގެން ކަމަށް ފާހަގަކުރެއްވިއެވެ.

މޭޔަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޮޑެތި ގަސްތައް ހެދިފައި ހުންނަ ގޮތުން ރައްޔިތުންގެ މުދަލަށާއި ގޭގޭގެ ގޯތިތެރެއަށް ގެއްލުން ވަމުންދާ ކަމަށާއި، ގަސްތަކުގެ މޫތަކުން ޕޭވްމަންޓު ގާތައް އުފުލި، ގާތަކުގައި އަޅައިގަނެ ވެއްޓި އަނިޔާވާ ހާދިސާތައް ހިނގަމުންދެއެވެ. އަދި ގަހުގެ ގޮފިތަކުން ގޭގެއަށް މީދަލާއި އެހެނިހެން ދިރޭ ތަކެތި ވަންނަ ކަމުގެ ޝަކުވާތަކާއި، މަގުތަކުން ދަތުރުކުރާ ބޮޑެތި ހެވީ ވެހިކަލްތައް ގަސްތަކުގެ ގޮފިތަކުގައި އަޅައިގަނެ، އުޅަނދުތަކަށް ގެއްލުން ލިބެމުންދާ ކަމުގެ ޝަކުވާތައް ވެސް ކައުންސިލަށް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ