އިކޮނޮމިކް މިނިސްޓްރީން ޕޮލިސީ އެންޑް އިކޮނޮމިކް ރިސާޗް ކޮންސަލްޓަންޓެއްގެ މަޤާމަށް މީހަކު ހޯދުމަށް މިއަދު އިޢުލާން ކޮށްފިއެވެ. މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިޤްތިޞާދީ ދިރާސާތައް ހެދުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއާ ގުޅުންހުރި ކަންކަމުގައި ލަފާދިނުން ހިމެނެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ އެމްކިއުއޭ ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައަކީ 32،840 ރުފިޔާއެވެ.
ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ކަމާގުޅޭ ލިޔެކިޔުންތަކާއެކު އިކޮނޮމިކް މިނިސްޓްރީގެ ހިއުމަން ރިސޯސް ސެކްޝަނަށް ހުށަހެޅުމަށް އެދިފައިވެއެވެ.
ކޮމެންޓު ފޮނުވާ