މާލޭގައި ފެންބޮޑުވާ މަގުތައް މަރާމާތު ކުރަނީ

މާލޭގައި ފެންބޮޑުވާ މަގުތައް މަރާމާތު ކުރަނީ

ގުޅުންހުރި

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވާ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ މާލޭގެ މަގުތަކުގެ ހާލަތު ދެނެގަނެ، ކުރިމަތިވާ މައްސަލަތައް ހައްލު ކުރުމަށް ސާވޭ އެއް ކުރުމަށް ފަހު  އެންމެ ފެންބޮޑުވާ މަގުތައް މަރާމާތު ކުރަން ފަށާފައިވާ ކަމަށެވެ. މަރާމާތު ކުރަނީ މަޖީދީ މަގު، ޗާންދަނީ މަގު، ރަށްދެބައި މަގެވެ.

ސިޓީ ކައުންސިލުން ބުނީ މި މަސައްކަތް ނިމޭއިރު، އެ ހިސާބުގައި ހިނގާ އަދި އުޅަނދު ދުއްވާ މީހުންނަށް، ފެންބޮޑުވުމުގެ ސަބަބުން ކުރިމަތިވާ އުނދަގުލަށް ހައްލު ލިބޭނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު މާލެއަށް ކުރި ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ، ހިނގާބިނގާ ނޫޅެވޭ ވަރުވިއެވެ. އަދި 30 ގެއަކަށް ގެއްލުންވެފައިވެއެވެ.

ފެން ބޮޑުވުމުގެ މައްސަލަ ހައްލުކޮށް، މާލޭގެ މަގުތަކަށް ދާއިމީ ހައްލެއް ގެނައުމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އަންނަ އަހަރު މާލޭގެ ހުރިހާ މަގުތަކެއް ހަދަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވަނީ އިއުލާން ކުރައްވައިފައެވެ.

މާލޭގައި ފެން ބޮޑުވާތީ މާލޭގެ ހުޅަނގުގައި ވަގުތީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ