މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން އޮފީހުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެ އޮފީސް އަނދައި ހުލިވުމާ ގުޅިގެން އެ ތަނުން ކުރިން ދެމުން އައި ހިދުމަތްތައް ވަގުތީ ގޮތުން ހުޅުމާލެ އަށް ބަދަލުކޮށްފިއެވެ.
އެ އިމާރާތަކީ މާލޭގެ ރައްޔިތުންގެ ރަށްވެހިކަމުގެ ހިދުމަތްތަކާއި އިމާރާތްތަކުގެ ހިދުމަތްތައް ދޭ އިމާރާތެވެ. އުފަންވުމާއި މަރުގެ ރެޖިސްޓްރޭޝަންތަކާއި ލިޔެކިޔުންތަކުގެ އިތުރުން ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ވެސް ބަލަހައްޓަމުން އައީ އެ އޮފީހުގައެވެ.
އެ ހިދުމަތްތައް ވަގުތީ ގޮތުން ބަދަލުކުރީ ހުޅުމާލޭގައި ހުންނަ ކައުންސިލްގެ އޮފީހަށެވެ.
ސިޓީ ކައުންސިލުން ބުނީ ރޯވި އިމާރާތުގައި ކުރިން ދެމުން ގެންދިޔަ ހުރިހާ ހިދުމަތެއް ހުޅުމާލޭގެ ކައުންސިލްގެ އޮފީހަށް ވަގުތީ ގޮތުން ބަދަލު ކޮށްފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގީ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގާ އިމާރާތުގައެވެ. އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހުންނަ އިމާރާތް ވަނީ އަނދައި ހުލިވެފައެވެ. އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ދެވަނަ ފަންގިފިލާ އާއި ތިން ވަނަ ފަންގިފިލާގައި އަލިފާން ރޯވެ ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ.