އެފްއޭއެމްއަށް ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލު ހޯދުމަށް ލަފާދޭނެ ކޮންސަލްޓެންސީ ކުންފުންޏެއް ހަމަޖައްސައިފި

އެފްއޭއެމްއަށް ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލު ހޯދުމަށް ލަފާދޭނެ ކޮންސަލްޓެންސީ ކުންފުންޏެއް ހަމަޖައްސައިފި

Author
ހުސައިން
10 އޮކްޓޯބަރ 2024 10:05
0

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލު ހޯދުމަށްޓަކައި ލަފާދޭން ފީފާއިން ޚާއްޞަ ކޮންސަލްޓެންސީ ކުންފުންޏެއް ހަމަޖައްސައިފައެވެ. މި ކުންފުންޏަކީ ކުރިން ވެސް ފީފާގެ އެކި ޕްރޮޖެކްޓްތަކުގައި މާލީ ލަފާ ދީފައިވާ ތަޖުރިބާކާރު ފަރާތެކެވެ.

މިހާރު އެފްއޭއެމްގެ އިދާރީ ހިންގުން ބަލަހައްޓަމުން ގެންދަނީ ފީފާއިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީންނެވެ. މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ އެފްއޭއެމްގެ މާލީ މައްސަލަތައް ހައްލުކުރުމެވެ. އެފްއޭއެމް މިހާރު ވަނީ ގިނަ ފަރާތްތަކަކަށް ދަރަނިވެރިވެފައިވާ ހާލުގައި، އެސޯސިއޭޝަންގެ އަތުގައި އެއްވެސް ފައިސާއެއް ނެތް ހިސާބަށް ގޮސްފައެވެ.

އެފްއޭއެމްގެ މި ހާލަތަށް ދިމާވި މައިގަނޑު ސަބަބަކީ ކުރީގެ ބައެއް ވެރިން އެސޯސިއޭޝަންގެ ފައިސާއަށް ޚިޔާނާތްތެރިވުން ކަމަށް ގުނަބަޔަކު ދަނީ ސިފަކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.