އާ ޕީޖީއެއް އައްޔަން ކުރުމަށް ދައުރުން ބޭރުގެ ޖަލްސާއެއް ބުދަ ދުވަހު ބާއްވަނީ

އާ ޕީޖީއެއް އައްޔަން ކުރުމަށް ދައުރުން ބޭރުގެ ޖަލްސާއެއް ބުދަ ދުވަހު ބާއްވަނީ

Author
އަހުމަދު
09 ސެޕްޓެމްބަރ 2024 02:18
0

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އަންނަ ބުދަ ދުވަހު، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ޕީޖީގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ހުސެއިން ޝަމީމެވެ.

ޝަމީމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ހުށަހަޅައި އެ މަސައްކަތް މަޖިލިހުގައި ކުރަމުން ގެންދަނިކޮށް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެކަމަކު، ޝަމީމްގެ އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، މަޖިލިހުން ވަނީ ޖަލްސާއެއް ބާއްވައި އޭނާ މަގާމުން ވަކިކޮށްފައެވެ.

ޕީޖީގެ މަގާމު ހުސްވުމާއެކު، ރައީސް އޮފީހުން ވަނީ ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފައެވެ. އެ މުއްދަތު ވެސް ހަމަވަނީ އަންނަ ބުދަ ދުވަހު މެންދުރު 12:00 އަށެވެ.

ޕީޖީއަކު އައްޔަން ކުރުމަށް ގާނޫނުގައި ބުނާ މުއްދަތު މި މަހުގެ 21 އަށް ހަމަވާނެއެވެ.

އެހެންވެ، އޭގެ ކުރިން ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައި އާ ޕީޖީއަކަށް ބޭފުޅަކު ހަމަޖައްސަން މަޖިލިހުގެ ސުޕާ މެޖޯރިޓީ އޮތް ޕީއެންސީން ވަނީ ނިންމައިފައެވެ. ޕީއެންސީން ނިންމާފައި ވަނީ ބުދަ ދުވަހު އެ ޖަލްސާ ބޭއްވުމަށެވެ. އެކަމަކު، ޖަލްސާ ބާއްވާނެ ވަކި ގަޑިއެއް އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.