ޓްރަމްޕްއާއި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފި

ޓްރަމްޕްއާއި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފި

Author
ޙަސަން މުޙައްމަދު
19 ޖުލައި 2024 01:56
0

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓަރްމްޕަށް ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ޓްރަމްޕައާއި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވަނީ 4 ދުވަސް ވަންދެން ކުރިޔަށްދިޔަ އެޕާޓީގެ ކޮންވެސްންޝަންގައެވެ. އަދި ޓްރަމްޕާއި ޓިކެޓް ހަވާލު ކޮށްފައިވަނީ އޭނާ އަވަހާރަކޮށްލުމަށް ދިން ހަމަލާއިން ސަލާމަތްވެވަޑައިގެންނެވިތާ 5 ދުވަސް ފަހުންނެވެ.

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓާއި ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށްފަހު ޓްރަމްޕްވަނީ ކޮންވެންޝަންގެ ބައިވެރިންނާއި މުޚާތަބްކޮށް ވާހަކަ ދައްކަވާފައެވެ. ޓްރަމްޕްގެ މިހާވަ ވެގެންދިޔައީ ފަހުގެ ތާރީޚެއްގައި ޓިކެޓް ހަވާލުކުރެވުނު ކެނޑިޑޭޓަކު ދިން އެންމެ ދިގު ޚިޡާބު ކަމުގައެވެ.

ޓްރަމްޕްގެ ވާހަކަފުޅުގައި ވަނީ ފުތަމަފަހަރަށް އޭނާ އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ޓްރަމްޕް ވިދާޅުވީ އެ ހަމަލާއިން ސަލާމަތްވެވަޑައިގަތީ، ހެއްދެވި ފަރާތް އޭނާއާއެކު ހުރުމުން ކަމަށެވެ. އަދި ޓްރަމްޕްވަނީ އޭނާގެ ސަލާމަތަށް އެމެރިކާގެ ސިއްރު ފުލުހުން ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.