އޭސީސީއަށް ނަތީޖާއެއް ނުނެރެވޭ، ދައްކަނީ އެއް ވާހަކަ އެއް، ވާކަމެއް ހަރާން: ނާޒިމް

އޭސީސީއަށް ނަތީޖާއެއް ނުނެރެވޭ، ދައްކަނީ އެއް ވާހަކަ އެއް، ވާކަމެއް ހަރާން: ނާޒިމް

Author
ޙަސަން މުޙައްމަދު
15 ޖުލައި 2024 11:02
0

ކޮންމެ ވެރިކަމެއްގައިވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސި) އިން ދައްކަމުންދަނީ އެއް ވާހަކައެއް ކަމަށާއި، އެއްމުވައްސަސާއަށް އެއްވެސް ވެރިކަމެއްގައި ނަތީޖާއެއް ނުނެރެވޭކަމުގައި. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އޭސީސީގެ މެމްބަރުން ހާޒިރުކޮށްގެން މިއަދު ބޭއްވި ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، ގާނޫނުގައި ވާގޮތުން ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ ގާނޫނީ މެންޑޭޓް އޮންނަނީ އޭސީސީއަށް ކަމަށްވި ނަމަވެސް އެ މުވައްސަސާތައް ނަތީޖާ ނެރެވެމުން ނުދާކަމުގައެވެ. އަދި އޭނާ ވިދާޅުވީ ކޮންމެ ދައުރެއްގައި އެ ކޮމިޝަންގެ މެމްބަރުން ބަދަލުކުރި ނަމަވެސް، ވާކަމެއް ނޯންނަ ކަމުގައެވެ.

ތި ބޭފުޅުން ކޮންމެ ދައުރެއްގައި ވެސް ހަމަ އެއް ވާހަކަ ދައްކަވަނީ އިނގޭތޯ. ވާ ކަމެއް ހަރާން އިނގޭތޯ. ދެން އަނެއްކާވެސް އަޅުގަނޑުމެން ވީ ތި ބޭފުޅުން ބަދަލުކުރަން. އަނެއްކާވެސް އަނެއް ފަސް މީހުން އައިސްގެން ވެސް މިހެން.

މިހާރުގެ އޭސީސީއާމެދު ހިންހަމަ ނުޖެހުން ފާޅުކޮށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމަށް 8 އަހަރުގެ މުއްދަތެއް ދީފައި އޮންނައިރު، އޭސީސީގައި ހުންނަ މަސައްލަތަކަށް ދައުވާ ކުރުމަށް 8 އަހަރުވާން ކައިރިވުމުންވެސް މައްސަލަތައް ދައުވާ ކުރުމަށް ފޮނުވާ ކަމަށާއި، އޭސީސީއަށް އެކްށީގެންވާ ނަތީޖާ ނުނެރޭވެތީ އަބަދު ކުރަންޖެހިފައި އޮންނަ ކަމަކީ އެކޮމިޝަންގެ މެމްބަރުން ބަދަލު ކުރުން ކަމުގައެވެ.

އެހެންނަމަވެސް މެމްބަރުން ބަދަލުކުރުމުންވެސް އުޅެންޖެހިފައި އޮންނަނީ ދެން އަންނަ މެމްބަރުންނަށްވެސް ނަތީޖާ ނުނެރެވިގެން ކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ.

މިހަރު އޭސީސީގައި ތިއްބެވި މެމްބަރުންނަކީ އެމްޑީޕީގެ ވެރިކަމުގައި އޮތް އޭސީސީން އެކަށިގެންވާ ގޮތުގައި މަސައްކަތް ނުކުރާކަމަށްބުނެ އަލަށް އައްޔަން ކުރި މެމްބަރުންކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.