ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއަކުން ސަލާމަތްވެވަޑަގެންފި

ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއަކުން ސަލާމަތްވެވަޑަގެންފި

Author
ހުސައިން
14 ޖުލައި 2024 09:52
0

މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް ކެމްޕޭން އިންވެންޓެއްގައި ހުންނަވަނިކޮށް، އަވަހާރަކޮށްލަން ދިން ހަމަލާއަކުން ސަލާމަތްވެވަޑައިގެންފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ 20 އަހަރުގެ ޒުވާނެކެވެ. އަދި ޓްރަމްޕްގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދިޔަ ސިއްރު ފުލުހުން ވަނީ މި ހަމަލާ ދިން މީހާ މަރާލާފައިކަމަށްވެސް އެމެރިކާގެ އެފްބީއައިއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް އޭނާގެ ވަނަވަރު އެފްބީއައިއިން ހާމަކޮށްފައެއް ނުވެއެވެ. އަދި މިހަމަލާ މިހާރު އެފްބީއައިން ތަހުގީގު ކުރަމުންދާކަމުގައިވެސް ބުނެފައި ވެއެވެ.

އަދި އެފްބިއައިން ބުނެފައިވަނީ ޑީއެންއޭގެ ތަހުލީލަށްފަހު ހަމަލާ ދިން މީހާގެ ވަނަވަރު ހާމަކުރާނެ ކަމުގައެވެ.

ހަމަލާއަށްފަހު މީޑިއާތަކުގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޓްރަމްޕްގެ މޫނުގައި ލޭހުރިތަން ވަނީ ފެނިފައެވެ. ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައު މިހަމަލާ އަމާޒުވެފައިވަނީ ޓްރަމްޕްގެ ކަނަފަތަށެވެ. އަދި ހަމަލާއަށްފަހު، ޓްރަމްޕް ބިންމައްޗަށް ވެއްޓެ ވަޑައިގަތް މަންޒަރު ފެނިފައިވެއެވެ. އެހެންނަމަވެސް ކުޑަ އިރުކޮލެއްގެ ތެރޭގައި ސީކްރެޓް ސާވިސް ފުލުހުން ވަނީ ޓްރަމްޕް އަތުލަފިކޮށްގެން ނަގާއިގެން ގެންގޮސްފައެވެ. ސީކްރެޓް ފުލުހުން ޓްރަމްޕް ގެންދަމުންދިޔައިރު ޓްރަމްޕް އަތުން އިޝާރާތް ކުރަމުންދިޔަތަން ވަނީ ފެނިފައެވެ.

ހަމަލާ އަމާޒުވެފައިވަނީ ޓްރަމްގެ ކަންފަތަށް

އެހެންނަމަވެސް ފަހުން މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހަމަލާއިން ޓަރަމްޕަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި ފަރުވާ ދިނުމަށްފަހު މިހާރު ޓަރަމްވަނީ ހޮސްޕިޓަކުން ދޫކޮށްލާފައެވެ.

ހަމަލާއަށްފަހު ޓްރަމްޕް އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަނާތްފަރާތު ކަންފަތުގައި އެއްޗެއް ޖެހުނުހެން ހީވި ކަމަށެވެ. އަދި އަޑެއް އިވުމަށް ކަނާތްފާރާތު ކަންފަތުގައި އައިސް ޖެހުނީ ވަޒަނެއްކަމަށް އިހުސާސްވިކަމަށްވެސް ޓަރަމްޕް ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނެފައިވަނީ، މި ހަމަލާއަށްފަހު އެމެރިކާގެ ރައީސް ޖޯ ބައިޑްން ޓަރަމްޕްއަށް ގުޅުއްވާ ތައުޒިޔާ ވިދާޅުވެފައިވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.