ވިއްސާރައިގައި އެމްޑަބްލިއުއެސްސީގެ ވަސްހޮޅިއެއްވެއްޓި ގެއްލުންވެއްޖެ

ވިއްސާރައިގައި އެމްޑަބްލިއުއެސްސީގެ ވަސްހޮޅިއެއްވެއްޓި ގެއްލުންވެއްޖެ

Author
ޢަލީ އާދަމް
12 ޖެނުއަރީ 2024 07:40
0

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ވަސް ހޮޅިއެއް ވެއްޓި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެ ކުންފުނީގެ 8 ނަންބަރު ޕަމްޕްސްޓޭޝަންގެ ވަސްހޮޅިއެއް ވެއްޓި ގެއްލުންވެފައި ވާކަމަށެވެ. އެމްޑަބްލިއުއެސްސީން ބުނީ ވަސްހޮޅި ވެއްޓި ލިބުނު ގެއްލުން ބަލައި މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށެވެ. މި ކަމުގެ ސަބަބު އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތަކަށް ބުރޫ ނާރާނެކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދަވެ މާލޭގެ ރެހެންދި ހިނގުން، ޕީއެސްއެމްގެ ޓީވީ ބިލްޑިންގ ކައިރީގައި ހުރި ގަހެއްވެއްޓި ކާރަކަށް ވަނީ ގެއްލުންވެފައެވެ. އަދި ވެއްޓުނު ގަސް މިހާރު ސިޓީ ކައުންސިލުން ނަގާފައިވާކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

އޭގެ އިތުރުން މި ވިއްސާރައިގައި ގެތަކަށް ފެން ވަންނަމުންދާތީ، އެމްއެންޑީއެފާ ގުޅިގެން، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.