ހިޔާ ޓަވަރެއްގެ ފުރަތަމަ ފަންގުފިލާގެ ހުރިހާ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށް ބޭރަށް ނުފޭބޭގޮތް ހަދައިފި

ހިޔާ ޓަވަރެއްގެ ފުރަތަމަ ފަންގުފިލާގެ ހުރިހާ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށް ބޭރަށް ނުފޭބޭގޮތް ހަދައިފި

Author
ޙަސަން މުޙައްމަދު
01 ޖޫން 2024 09:38
0

ހުޅުމާލޭގެ 16 ހިޔާ ޓަވަރުގެ ފުރަތަމަ ފަންގިފިލާގެ ހުރިހާ ކުޑަދޮރެއްގައިވެސް ގްރިލް ހަރިކޮށް، ބޭރާ ނުފޭބޭގޮތަށް ބަންދު ކޮށްފިއެވެ.

އެޗްޑީސީން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ 16 ހިޔާ ޓަވަރުގެ ފުރަތަމަ ފަންގިފިލާގެ 28 ސަރަހައްދެއްގައި ބޭރަށް ފޭބޭގޮތަށް ހުރި ހުރިހާ ތަނެއްގައި މިއަދު ގްރިލް ހަރުކޮށް އެތަންތަނުން ބޭރަށް ނުފޭބޭގޮތަށް ހަދާފައިވާ ކަމުގައެވެ.

އެޗްޑީސީން ބުނެފައިވަނީ މި ތަންތަނުން ބޭރަށް ނުފޭބޭގޮތަށް ހަދާފައިވަނީ އާންމުންގެ ރައްކާތެރިކަމަށް ކަމަށާއި، ސަލާމަތީގޮތުން އެޅި މި ފިޔަވަޅަށް ރައްޔިތުންގެ ތައުރީފްވެސް ލިބިގެން ގޮސްފައިވާ ކަމުގައެވެ.

އެޗްޑީސީން ބުނެފައިވަނީ 16 ޓަވަރުގައިވެސް މި މަސައްކަތް މިހާރު ނިންމާލާފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.