މާލޭ ސިޓީ އަށް 3 ކައުންސިލަރުން އިންތިހާބު ކުރުން ޖުލައި 20 ގައި

މާލޭ ސިޓީ އަށް 3 ކައުންސިލަރުން އިންތިހާބު ކުރުން ޖުލައި 20 ގައި

Author
އަހުމަދު
31 މެއި 2024 07:56
0

މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން އިސްތިއުފާ ދެއްވީ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރުކަން ކުރެއްވި އަހުމަދު އައިފާނާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރުކަން ކުރެއްވި އިބްރާހިމް ޝުޖާއު އާއި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރުކަން ކުރެއްވި އަހުމަދު ޒަމީރެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވީ 20 ވަނަ މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 14 ގެ ނިޔަލަށް ހުޅުވާލައިފައެވެ.

ޤާނޫނުގައިވާ ގޮތުން ކައުންސިލްގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހެއެވެ.

ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށް މީގެކުރިން ބައެއް ކައުންސިލަރުން ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި އެ ދާއިރާތަކަށް އާ ކައުންސިލަރުން ވަނީ އިންތިހާބުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.