13 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާ 30 ދުވަހަށް ބަންދު ކޮށްފި

13 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާ 30 ދުވަހަށް ބަންދު ކޮށްފި

Author
ޙަސަން މުޙައްމަދު
25 މެއި 2024 08:44
0

އުތުރުގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ. ފުލުހުން ބުނީ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އަދި އެ މީހާ ފިލަން އެހީތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 29 އަހަރުގެ މީހާ 12 ދުވަހަކަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލް މީގެކުރިން ވިދާޅުވީ ނޯތު ޕޮލިސް ( ނ , ރ , ބ , ޅ ) ގައި ހިމެނޭ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަަލައެއް މިމަހުގެ 19 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގެ ތަފްސީލުތައް އާންމު އުސޫލުން ފުލުހުން ހާމައެއް ނުކުރެއެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ވޭތުވެދިޔަ 4 ވަރަކަށް އަހަރުގެ ތެރޭގައި ވަނީ މައްޗަށް ގޮސްފައި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.