ސްޓޭގް ޝޯއާއި ބަޑިބޭހުގެ ކުޅިވަރު އީދުގެ އުފަލުގައި ބާއްވައިފި

ސްޓޭގް ޝޯއާއި ބަޑިބޭހުގެ ކުޅިވަރު އީދުގެ އުފަލުގައި ބާއްވައިފި

ގުޅުންހުރި

މިއަހަރުގެ އީދު މާލޭގައި ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން މާލޭގައި އީދު ޝޯގެ އިތުރު ބަޑިބޭހުގެ ކުޅިވަރުތައްވެސް ބާއްވައިފިއެވެ.

އެގޮތުން ރޭ 9:00 އިން ގާތްގަނޑަކަށް 12:00 އަށް ކުރިއަށް ގެންދިޔަ ސްޓޭޖް ސްޓޭޖު ޝޯ ބަލައިލުމަށް މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް އާޓިފިޝަލް ބީޗަށް ޖަމާވެފައި ވެއެވެ.

ސްޓޭޖް ޝޯއާއި ބަޑިބޭހުގެ ކުޅިވަރުތައް ބަލާލުމަށް ބީޗް ސަރަހައްދަށް މީހުން ޖަމާވާން ފެށުމާއެކު، މަޖީދީމަގު ފުރިބާރުގެން ގަޑިއެއްހާއިރަށް އެމަގުގެ ބޮޑު ސަރަހައްދެއްގައި ގަޑިއެއްހާއިރަށް ޓްރެފިކް ޖޭމްވެފައި ވެއެވެ. މަޖީދީމަގު ތޮށްޖެހެން ފެށިއިރު ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ހަރަކާތެރި ވެފައި ނުވިނަމަވެސް، ފަހުން ފުލުހުން ވަނީ ޓްރެފިކް ބެލެހެއްޓުމަށް އެހީތެރި ވެދީފައެވެ.

ރޭ ބޭއްވުނު ސްޓޭޖް ޝޯގައި ރާއްޖޭގައި މަޝްހޫރު ބޮޑުބެރު ގުރޫޕްތަކާއި ނެށުންތެރިންނާއި ނަށާ ގްރޫޕްތައް ވަނީ ތަމްސީލު ކޮށްފައެވެ.

ރޭގެ މިއުޒިކް ޝޯ ޔޫތު މިނިސްޓްރިން އިންތިޒާމް ކުރިއިރު، ބަޑި ބޭހުގެ ކުޅިވަރު އިންތިޒަމް ކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލުންނެވެ.

މިއަހަރު ފިޡުރު ޢީދު ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ހަވީރުވަނީ މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ. އަދި ފިތުރު އީދަށް މާލެއާއި އަތޮޅުވެރިކަން ކުރާ ރަށްތަކާއި ސިޓީތައް ސަރުކާރުން ވަނީ އީދު އަލިން ޒީނަތްތެރި ކޮށްފައެވެ.،

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ