ރަމަޟާންމަހުން ދަސްވި ފިލާވަޅުތަކުގެ ފައިދާ ލިބިގަތުމަށް އަޒުމް ކަނޑައަޅަންޖެހޭ: ޚުޡުބާ

ރަމަޟާންމަހުން ދަސްވި ފިލާވަޅުތަކުގެ ފައިދާ ލިބިގަތުމަށް އަޒުމް ކަނޑައަޅަންޖެހޭ: ޚުޡުބާ

ގުޅުންހުރި

ރަމަޟާންމަހުން ދަސްވި ފިލާވަޅުތަކުގެ ފައިދާ ލިބިގަތުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށް މިއަދު އީދު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ޚުތުބާގައި ބުނީ އީދަކީ އިޖުތިމާއީ ގުޅުންތައް އާލާކޮށް، ދެމެހެއްޓުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށެވެ. އެގޮތުން އާއިލާގައި އެކަކު އަނެކަަކަށް އޮންނަ ގުޅުމާއި މުއްސަނދިންނާއި ފަގީރުންނާ އޮންނަ ގުޅުމާއި ވެރިންނާއި ރައްޔިތުން އޮންނަ ގުޅުމާ ބެހޭގޮތުން ހުތުބާގައި ވާހަކަދެއްކިއެވެ.

ދަރިން އެމީހުންގެ މައިންބަފައިންނަށް އިޙްސާންތެރިވާށެވެ! މައިންބަފައިން އެމީހުންގެ ދަރިންނަށް ލޯބިދީ، އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ކުރާށެވެ! އަނބިން އެމީހުންގެ ފިރިންނަށް ކިޔަމަންތެރިވާށެވެ! ފިރިން އެމީހުންގެ އަނބިންނަށް އޯގާތެރިވާށެވެ! މުއްސަނދިން ފަޤީރުންނަށް އެހީތެރިވާށެވެ! ބޮޑެތި މީހުން ކުޑަކުދިންނަށް އޯގާތެރިވާށެވެ! ކުޑަކުދިން ބޮޑެތި މީހުންނަށް އިޙްތިރާމުކުރާށެވެ! ވެރިން ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވާށެވެ! އަދި ރައްޔިތުން ވެރިންނަށް ކިޔަމަންތެރިވާށެވެ!

ޚުތުބާގައި ވިދާޅުވިއެވެ.

އޭގެ އިތުރުން، ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން، ޒަމާނުއްސުރެ އަހަރެމެންގެ ތެރޭގައި އޮތް، އިސްލާމީ އުޚުއްވަތްތެރިކަމާއި، ރިވެތި އަޚްލާޤު، ވީރާނާވިޔަ ނުދިނުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ދުލުގެ އާފަތްތަކުގެ ޝިކާރައަކަށްވެ، ޣީބަ ބުނުމާއި، ދެބައޮޑުވުމާއި، ދޮގު ހެދުމާއި، ދޮގު ހެކިދިނުމާއި، މަލާމާތްކޮށް ފުރައްސާރަކުރުމާއި، ހަޑި ހުތުރުބަހުން ވާހަކަދައްކާ ބަޔަކަށް ނުވާށެވެ! ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. (لَا يَسْتَقِيْمُ إِيـْمَانُ عَبْدٍ حَتَّى يَسْتَقِيْمَ قَلْبُهُ، وَلَا يَسْتَقِيْمُ قَلْبُهُ حَتَّى يَسْتَقِيْمَ لِسَانُهُ) މާނައީ: ހިތް ސީދާ ނުވާހާ ހިނދަކު، އަޅާގެ އީމާންކަން ސީދާ ނުވާހުއްޓެވެ. އަދި އޭނާގެ ދޫ ސީދާ ނުވާހާ ހިނދަކު، އޭނާގެ ހިތް ސީދާ ނުވާހުއްޓެވެ.

ޚުތުބާގައި ފާހަގަކުރިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ