ސައުދީ އަރަބިއާއަށް އީދު ދުވަހަކީ ބުދަ ދުވަސް

ސައުދީ އަރަބިއާއަށް އީދު ދުވަހަކީ ބުދަ ދުވަސް

Author
ހުސެއިން
08 އޭޕްރިލް 2024 09:16
0

މިއަދު އިރުއޮއްސުނު ވަގުތު ސައުދީ  އަރަބިއާއަށް ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާތީ، އެގައުމަށް މިއަހަރުގެ އަހަރުގެ ފިތުރު އީދު ވަނީ މި ހަފްތާގެ 10 އެއްވާ ބުދަ ދުވަސް ކަމަށް އެގައުމުން އިއުލާނު ކޮށްފިއެވެ.

ޝައްވާލްމަހުގެ ހަނދު ބެލުމަށްޓަކާ ސައުދީގެ އެކި ހިސާބުތަކުގައި ހަނދު ބެލުމުގެ އިންތިޒާމްތައް ހަމަޖައްސާ، ހަނދު ބެލުމުހެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސައުދީ އަރަބިއްޔާއަށް ރަމަޟާން މަސް ފެށިފައިވަނީ މާޗް މަހުގެ 10 ވަނަ ދުވަހުއެވެ. އެހެން ކަމުން މާދަމާއަކީ އެގައުމަށް ރަމަޟާން މަހުގެ ފަހު ދުވަހުއެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށްވެސް އީދު ދުވަހަށް ވާނީ ބުދަ ދުވަހެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.