ޕީއެސްއައިޕީގެ ދަށުން ހަދާ ކުޑަކުދިންގެ ޕާކްތައް ހެެދުން ލާމަރުކަޒީ މިނިސްޓްރިއާއި ހަވާލު ކޮށްފި

ޕީއެސްއައިޕީގެ ދަށުން ހަދާ ކުޑަކުދިންގެ ޕާކްތައް ހެެދުން ލާމަރުކަޒީ މިނިސްޓްރިއާއި ހަވާލު ކޮށްފި

Author
ހުސެއިން
17 މާރޗް 2024 01:12
0

ޕީއެސްއައިޕީގެ ދަށުން ހަދާ ކުޑަކުދިންގެ ޕާކުތައް ހެދުން ލާމަރުކަޒީ މިނިސްޓްރީއާއި ރައީސް އޮފީހުން ހަވާލުކޮށްފައިވާކަމަށް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ޕީއެސްއައިޕީގެ ދަށުން ހަދާ ކުޑަކުދިންގެ ޕާކުތައް ހެދުން ލާމަރުކަޒީ މިނިސްޓްރީއާއި ރައީސް އޮފީހުން ހަވާލުކޮށްފައި ވުމާއެކު އެ ޕްރޮޖެކްޓް ކުރިޔަށް ގެންދިއުމުގެ އިދާރީ އިންތިޒާމްތައް އެ މިނިސްޓްރީގައި މިހާރު ގާއިމް ކުރެވިފައިވާ ކަމަށެވެ.

އަދި 2025 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކުތައް ގާއިމް ކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ އަމާޒެއްކަމަށްވެސް އާދަމް ޝަރީފް ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.