ރައީސްގެ އާއިލާއިން ދުވަހަކުވެސް ކަރޯކޭ ލަވަ ނުކިޔާކަމެކޭ ކަމަށް އޭނާއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ހަބަރު، ރައީސް އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލް ދޮގުކޮށްފިއެވެ.
ޚަލީލު މިއަދު ހެނދުނު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކަރޯކޭ ކުޅުއްވުމަކީ ރައީސް މުއިއްޒުގެ އާއިލާއިން ދުވަހަކުވެސް ކޮށް އުޅުނު ކަމެއް ނޫންކަމުގައެވެ.
އޭނާ މިހެން ވިދާޅިވީ، ރައީސްގެ އަނބިކަބަލުން ސާޖިދާ ކަރޯކޭ ކުޅުއްވަން މުލިއާގެއަށް އަގުބޮޑު ކަރޯކޭ ސިސްޓަމެއް ވެއްދިކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކާއި ގުޅޭގޮތުން މީޑިއާތަކާއި ހިއްސާކުރައްވާ މެސެއްގައެވެ.
ޚަލީލު ވިދާޅުވި ސިޔާސީ ފަރާތްތަކުންނާއި އަދި ބައެއް މީޑިއާތަކުން ފަތުރަމުންދާ އެ ވާހަކަތަކަކީ ބޮޑު ދޮގެއް ކަމުގައެވެ.
އެހެންނަމަވެސް އޭގެ ފަހުން ސޯސަލްނީޑިއާގެ ބައެއް ވަސީލަތްތަކުން ވަނީ މެޑަމް ސާޖިދާ ކަރޯކޭއަށް ލަވަ ވިދާޅުވަނިކޮށް ނަގާފައިވާ ބައެއް ވީޑިއޯތައް އާންމު ކޮށްފައެވެ.
އެއާއެކު ފަހުން ފޮނުވި މެސެޖެއްގައި ހަލީލް ވިދާޅުވީ ބައެއް މީޑިއާތަކުން، އޮޅުން އެރޭ ގޮތަށް އެ ހަބަރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"ރައީސްގެ އާއިލާއިން 'ދުވަހަކުވެސް ކަރޯކޭ ލަވަ ނުކިޔާކަމަށް' އަޅުގަނޑު ދަންނަވާފައެއް ނުވާނެ. އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާފައި އެވަނީ 'އެފަދަ އަގުބޮޑެތި ސިސްޓަމްތައް ގަތުމަކީ ރައީސްގެ އާއިލާއިން އެއްވެސް އިރެއްގައި ކުރައްވާފައިވާ ކަމެއް ނޫން' ކަމަށް" ހަލީލް ވިދާޅުވިއެވެ.
ޚަލީލު ވިދާޅުވީ ސަރުކާރުގައި ތިބިއިރު ފައިސާއާއި ވަސީލަތްތަކުގެ ބެނުން ނަހަމަ ގޮތުގައި ހިފި ފަރާތްތަކުން ކަމަށާއި، އެފަރާތްތަކުން އެކަން ކުރަމުންދަނީ އެފަރާތްތަކުން ހިންގާފައިވާ ޚިޔާނާތްތައް ފޮރުވުމަށް ކަމުގައެވެ.
ފޭކް ފޮޓޯތައް މީޑިއާ އަށް ނެރެ، މިފަދަ ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކުރުމުގެ ބޭނުމަކީ މާޒީގައި އެ ފަރާތްތަކުން ކޮށްފައިވާ ނޭދެވޭ ކަންކަން ރައްޔިތުންގެ ހަނދާނަށް އަޔަނުދީ އެހެން ކަންކަމަށް ރައްޔިތުންގެ ފޯކަސް އަނބުރުވައިލުމުވެ.
ހަލީލް ވިދާޅުވި އެވެ.
ރައީސްގެ އަނބިކަބަލުން ސާޖިދާ ކަރޯކޭ ކުޅުއްވުމަށް ބައްލަވައިގެންނެވި ކަރޯކޭ ސިސްޓަމްގެ ފޮޓޯއެއްކަމަށް ބުނެ ފޮޓޯތަކެއްވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރު ކޮށްފައެވެ. އެހެންނަމަވެސް އެއީ ފޭކު ފޮޓޯތަކެއްކަން ފަހުން ވަނީ އެނގިފައެވެ.