ކަރޯކޭ ކުޅުއްވުމަކީ ރައީސް މުއިއްޒުގެ އާއިލާއިން ދުވަހަކުވެސް ކޮށް އުޅުނު ކަމެއް ނޫންކަމުގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅިވީ، ރައީސްގެ އަނބިކަބަލުން ސާޖިދާ ކަރޯކޭ ކުޅުއްވަން މުލިއާގެއަށް އަގުބޮޑު ކަރޯކޭ ސިސްޓަމެއް ވެއްދިކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކާއި ގުޅޭގޮތުން މީޑިއާތަކާއި ހިއްސާކުރައްވާ މެސެއްގައެވެ.
ޚަލީލު ވިދާޅުވި ސިޔާސީ ފަރާތްތަކުންނާއި އަދި ބައެއް މީޑިއާތަކުން ފަތުރަމުންދާ އެ ވާހަކަތަކަކީ ބޮޑު ދޮގެއް ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ.
މީޑިއާއާ ހިއްސާ ކުރެއްވި މެސެޖެއްގައި ހަލީލް ވިދާޅުވި އެވެ.
ޚަލީލު ވިދާޅުވީ ސަރުކާރުގައި ތިބިއިރު ފައިސާއާއި ވަސީލަތްތަކުގެ ބެނުން ނަހަމަ ގޮތުގައި ހިފި ފަރާތްތަކުން ކަމަށާއި، އެފަރާތްތަކުން އެކަން ކުރަމުންދަނީ އެފަރާތްތަކުން ހިންގާފައިވާ ޚިޔާނާތްތައް ފޮރުވުމަށް ކަމުގައެވެ.
ފޭކް ފޮޓޯތައް މީޑިއާ އަށް ނެރެ، މިފަދަ ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކުރުމުގެ ބޭނުމަކީ މާޒީގައި އެ ފަރާތްތަކުން ކޮށްފައިވާ ނޭދެވޭ ކަންކަން ރައްޔިތުންގެ ހަނދާނަށް އަޔަނުދީ އެހެން ކަންކަމަށް ރައްޔިތުންގެ ފޯކަސް އަނބުރުވައިލުމުވެ.
ހަލީލް ވިދާޅުވި އެވެ.
ރައީސްގެ އަނބިކަބަލުން ސާޖިދާ ކަރޯކޭ ކުޅުއްވުމަށް ބައްލަވައިގެންނެވި ކަރޯކޭ ސިސްޓަމްގެ ފޮޓޯއެއްކަމަށް ބުނެ ފޮޓޯތަކެއްވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރު ކޮށްފައެވެ. އެހެންނަމަވެސް އެއީ ފޭކު ފޮޓޯތަކެއްކަން ފަހުން ވަނީ އެނގިފައެވެ.
ކޮމެންޓު ފޮނުވާ