މޯލްޑިވް ގޭސްގެ އެމްޑީ އަކަށް މަދަނީ އަބްދުﷲ ހަމަޖައްސަވައިފި

މޯލްޑިވް ގޭސްގެ އެމްޑީ އަކަށް މަދަނީ އަބްދުﷲ ހަމަޖައްސަވައިފި

Author
ހުސެއިން
02 ޑިސެމްބަރ 2023 06:09
0

ސަރުކާރުގެ ގޭސް ކުންފުނި، މޯލްޑިވްސް ގޭސްގެ އެމްޑީއަކަށް މަދަނީ އަބުދުﷲ ހަމަޖައްސަވައިފިއެވެ. އޭނާ އެމަގާމަށް ހަމަޖެއްސެވުމާއި ގުޅިގެން މޯލްޑިވްގޭސްއިން ވަނީ އޭނާއަށް މަރުހަބާވެސް ކިޔާފައެވެ.

މަދަނީ އަބުދުއްﷲ އަކީ ރައީސް ޔާމިން މިނިވަންކުރުމަށް ޕީޕީއެމް/ޕީއެންސީން ހިންގި މަގުމަތީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެކެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި އޭނާވަނީ ސިޔާސީ މަގާމެއްގައި މަސައްކަތް ކުރައްވާފައެވެ. އޭގެ ކުރިން މަދަނީ އަބްދުﷲ ވަނީ ނަޝީދު އިސްތިއުފާދެއްވުމުން ރާއްޖޭގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޑރ. މުޙައްމަދު ވަހީދުގެ ހަސަން މަނިކުގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.

ދާދިފަހުން އޭނާ މެލޭޝިއާއަށް ދިއުމުން މެލޭޝިއާގެ އިމިގްރޭޝަންއިންވަނީ އޭނާ އަބުރާ ރާއްޖެއަށް ފޮނުވާލާފައެވެ. ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި މަދަނީ އަބުދުﷲގެ މައްޗަށް މެލޭޝިއާގެ އިމިގްރޭޝަންއިން ކޮށްފައިވަނީ ވިސާއާއި ނުލާ އެގައުމަށް އެތެރެވެ، ދިއިރުޅުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތެވެ.

އެހެންނަމަވެސް އެކަމާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.