ތުރުކީއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ތުރުކީ ރާއްޖޭގެ ގުޅުމުގެ މުޅިން އާ ބާބަކަށް މަގުފަހިވެގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއެޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ތުރުކީން ފުރާވަޑައިގަންނަވަމުން ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް މުއިއްޒުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ތުރުކީ ރާއްޖެ ގުޅުމުގެ މުޅިން އާ ބާބެއް ހުޅުވިގެންދާއިރު މި އާ ބާބުގެ ނަތީޖާއެއްގެ ގޮތުން، ދެ ގައުމުގެ ދެމެދުގައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ގުޅުން ބަދަހިވެ، ފުޅާ ދާއިރާއެއްގައި އިތުރު ދާއިރާތަކުން އެއްބާރުލުން ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.
އަދި ރައީސް މުއިއްޒު ވަނީ ރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމަށް ރައީސް އެރެދޮގާންއަށާއި ތުރުކީގެ ސަރުކާރުގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
Departing #Turkiye after an extremely successful visit.
I am confident that this new chapter of #Maldives–#Türkiye relations will result in strengthened and broader cooperation in a far wider range of areas.
My profound appreciation to H.E. @RTErdogan and the leadership of… pic.twitter.com/0GQxAHBKSF
— Dr Mohamed Muizzu (@MMuizzu) November 29, 2023
ތުރުކީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް މުއިއްޒުވަނީ އެގައުމުގެ ރައީސް ތައްޔިބު އެރެދޮގާންއާވެސް ބައްދަލު ކުރައްވާފައެވެ. އޭގެ އިތުރުން ތުރުކީގެ ނާއިބު ރައީސްއާއި ގާނޫނުހަދާ މަޖިލިހުގެ ރައީސްއާއިވެސް ރައީސް ވަނީ ބައްދަލު ކުރައްވާފައެވެ. އޭގެ އިތުރުންވެސް ރާއްޖެއާއި ތުރުކިއާ ދެމެދު ވިޔަވާރީގެ ގުޅުން ބަދަހި ކުރުމަށް ރައީސްގެ މިދަތުރުފުޅުގައިވަނީ ގިނަ ބައްދަލުވުންތަކެއް ބާއްވާފައެވެ.