އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގެނަނަވަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ނިންމަވާފައި ނުވާކަމަށް އެގައުމުގެ ޚާރިޖިއްޔާއިން ބުނެފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ ތަރުޖަމާނު އެ ގައުމުގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ޑރ. މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް އެގައުމުގެ ބޮޑުވަޒީރަށް ދައުވަތު ލިބިފައިވާ ކަމުގައެވެ. އެހެނެންމަވެސް ރަސްމިއްޔާތަށް ވަޑައިގެންނެވުމާއި ގުޅޭގޮތުން މޯޑީ އަދި ވަކި ގޮތެއް ނިންމަވާފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
[އާ ރައީސް ހުވާކުރައްވާ ރަސްމިއްޔާތަށް] ވަނީ ދައުވަތު ލިބިފަ. ރައްމިއްޔާތަށް ވަޑައިގަންނަވާނީ ކޮން ހައިސިއްޔަތެއްގެ ކޮން ބޭފުޅެއްކަން ޔަގީން ވުމުން ހާމަކުރާނަން.
ކްސްޓާނަލް އެފެއާސް މިނިސްޓްރީގެ ތަރުޖަމާނުއާއި ހަވާލާދީ އިންޑިއާގެ ނުސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެފައިވަނީ، މޯދީއަށްވެސް ދައުވަތު ފޮނުވާފައިވަނީ އަވައްޓެރި ހުރިހާ ގައުމަކަށްވެސް މި ރަސްމިއްޔާތަށް ދައުވަތު ފޮނުވުމަށް ނިންމާފައިވާތީ ކަމުގައެވެ.
އިންޑިއާގެ ބޮޑުވަޒީރުވަނީ 1018ވަނަ އަހަރު ރައީސް ސާލިހު ހުވާކުރެއްވި ރައްމިއްޔާތަށްވެސް ރާއްޖެއަށް ވަޑައިގެންފައެވެ. އާ ރައީސް ހުވާކުރައްވާ ރަސްމިއްޔާތަށް އަވައްޓެރި ގައުމުތަކުގެ ރައީސުން ވަޑައިގެންނެވުމަކީ ރިޔާސީ އާ ދައުރެއް ފެށޭއިރު އާންމު ކަމެކެވެ.
އެހެންނަމަވެސް، ޑރ. މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް މޯޑީ ވަޑައިގަތުމާއި ގުޅޭގޮތުން ގިނަބަޔަކު ޚާއްސަ ނަޒަރަކުން ދެކެނީ، ޑރ. މުއިއްޒުގެ ވެރިކަމުގެ އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ބައްޓަންވެގެންދާނޭ ގޮތާއި ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދާފައި ވާތީއެވެ.
މިގޮތުން ބައެއް ފަރާތްތަކުން ކުރިއްސުރެ ސިފަކުރަމުން އައިސްފައިވަނީ، މުއިއްޒުވެ ވެރިކަމުގައި އިންޑިއާ ރާއްޖޭގެ ގުޅުން ގޯސްވެގެން ދާނެކަމަށެވެ. އެހެންނަމަވެސް މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ހުރިހާ ގައުމަކާއެކީވެސް ގުޅުން ބާއްވާނެ ސަރުކާރަކަށް ކަމުގައެވެ. އެހެންނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާއެކު، ރާއްޖޭގައިތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް އަމުރު ކުރައްވާނޭކަމަށްވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
2 Responses
ގެރި ނައްޔާ ރަނގަޅީވެސް
ނާންނަން އުޅޭނަމަކަދަކަމަށް ނުގެން ނާނެ